ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން ގާއިމްކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އިންކިއުބޭޓަރުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ 4 ޖުލައިގައި އިފްތިތާހުކުރި 'އެމްއެންޔޫ އިނޮވޭޓްހަބް'ގެ ފުރަތަމަ ބެޗުގައި ހިމެނޭ 10 ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ، އިއްޔެ ފާހަގަކުރި ވޯލްޑް ކްރިއޭޓިވިޓީ އެންޑް އިނޮވޭޝަން ދުވަހާ ދިމާކޮށެވެ.
ތަފްސީލް - އެމްއެންޔޫން ބުނި ގޮތުގައި، އިންކިއުބޭޓަރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ ޔުނިވަސިޓީގެ ފުރަތަމަ އަހަރުގެ ކިޔެވުން ނިންމައި ކިޔެވުން ކުރިއަށް ގެންދާ ދަރިވަރުންނަށެވެ.
އެމްއެންޔޫން ބުނި ގޮތުގައި، އިންކިއުބޭޓަރަށް ހުށަހަޅާ ފޯމުތައް ވާން ޖެހޭނީ:
އެމްއެންޔޫއަށް ނުވަތަ މުޖުތަމައަށް މަންފާކުރަނިވި އަދި ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުން ގެނެސްދޭނެ ފަދަ ހިޔާލުތަކަށް
ބޮޑަށް އިސްކަންދޭނީ އީޖާދީ ހިޔާލުތަކުގެ ގޮތުގައި ހުށަހަޅާ ޕްރޮޖެކްޓު ޕްރޮޕޯސަލްތަކަށް
އެމްއެންޔޫގެ ދުރު ރާސްތާގެ ޕްލޭނުގައިވާ މަގުސަދުތަކާ ގުޅުންހުރި ޕްރޮޕޯސަލްތަކަށް ވާން ޖެހޭނެ
އދ.ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ)އަށް ވެސް ފެތެން ޖެހޭނެ
މި އިންކިއުބޭޓަރުގައި އެމްއެންޔޫން އެންމެ ފުރަތަމަ ފޯރުކޮށްދެނީ 'ސީޑް ކެޕިޓަލް' ނުވަތަ އީޖާދީ ވިޔަފާރިއެއް ފަށަން ބޭނުންވާ ފައިސާ އެވެ.
އެމްއެންޔޫން އެ ފައިސާ ދޭ ތިން ފަންތިއަކީ:
އެންމެ ކުޑަކޮށް 50،000ރ.އާ ހަމައަށް
މެދު މިންވަރުގެ ފައިސާގެ ގޮތުގައި 225،000ރ.އާ ހަމައަށް
މަތީ މިންވަރުގެ ފައިސާގެ ގޮތުގައި 500،000ރ.އާ ހަމައަށް
އެމްއެންޔޫން ބުނި ގޮތުގައި، އެ ފައިސާ އެންމެ ފުރަތަމަ ދޭނީ %20-50އާ ހަމައަށް، ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކުރާ މިންވަރަށް ބަލައިގެންްނެވެ. އެ ފައިސާއިން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ހިމެނެނީ:
ޕްރޮޓޯޓައިޕް އުފެއްދުން
މާކެޓު ކުރަން ބޭނުންވާނެ ދިރާސާ ކުރުން
އެފަދަ އެހެން ކަންކަން
އެ ދަރިވަރުން ހޯދާ ކާމިޔާބީއަށް ބެލުމަށް ފަހު، ޑިވެލޮޕް ކުރާ މުއްދަތު ނިމުމުން، 'ގްރޯތު ކެޕިޓަލ'ްގެ ގޮތުގައި ބާކީ ފައިސާ ޖުމްލަ 3-5 ދަރިވަރުންނަށް ދޫކުރާނެ ކަމަށް އެމްއެންޔޫން ބުންޏެވެ.
އީޖާދީ ވިޔަފާރި ފަށަން އެމްއެންޔޫން ފައިސާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ