ގަސް ކަނޑާތީ ސިޓީ ކައުންސިލަށް ދައުވާކުރަންޖެހޭ: ރައީސް ނަޝީދު

މާލޭގެ މަގުތަކުގައި ހުންނަ ގަސް ހިތުހުރި ގޮތަކަށް އެއްވެސް ހަމައެއް ނެތި ކަނޑާނަމަ އެކަމާ ދެކޮޅަށް ދައުވާކުރަން ޖެހޭކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މާލޭގެ މަގުތަކުގައި ހެދިފައި ހުރި ގަސްތައް މާލޭ ސިޓީ ކައުންސިލުން އެ އިރެއްގައި ހިތުހުރި ގޮތަކަށް ކަނޑާ ހެދުމަކީ ގާނޫނާއި ހިލާފަށް ކުރާ ކަމެއް ކަމަށެވެ."މިކަމުގައި އެ ކައުންސިލްގެ މައްޗަށް ޖިނާއީ ދައުވާ އުފުލަންޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.މާލޭ ސިޓީގެ އެކި ސަރަހައްދުތަކުން މާލެ ސިޓީ ކައުންސިލުން ގަސްތައް ކަނޑަމުންދާތީ އެކަމާ ގުޅިގެން މީގެ ކުރިން ބައެއް އާންމުން ވެސް ނުރުހުން ފާޅުކޮށްފައިވެ އެވެ. ނަމަވެސް ކައުންސިލުން ބުނަނީ އެކަން ކުރަނީ ރައްޔިތުންގެ ޝަކުވާތައް ވެސް ލިބޭތީ ކަމަށެވެ.މާލޭގައި ހުރި ގަސްތައް ސިޓީ ކައުންސިލުން ކަނޑަމުންދާއިރު, ހުޅުމާލޭގައި ހުންނަ ގަސްތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާތީ އެކަމާ ގުޅިގެން ބައެއް އާންމުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ