ނެޓްފްލިކްސްއިން އެންމެ ގިނަ މީހުން ބެލި ފަސް ފިލްމުގެ ތެރޭ 'ޖުވެލް ތީފް'
އިންޑިއާގައި އެންމެ ގިނަ މީހުން ބެލި މީހުން ބެލި ފަސް ފިލްމުގެ ތެރޭ މިދިޔަ މަހުގެ 25ގައި ނެޓްފްލިކްސްގައި ޕްރީމިއާ ކުރި "ޖުވެލް ތީފް" ހިމެނިއްޖެއެވެ. މަޝްހޫރު ޑައިރެކްޓަރު ސިދާތު އާނަންދުގެ މާފްލިކްސް ޕިކްޗާސްއިން ގެނެސްދިން "ޖުވެލް ތީފް: ދަ ހައިސްޓް ބިގިންސް" ނެޓްފްލިކްސްއިން ބެލި މީހުންގެ އަދަދު 5.2 މިލިއަނަށް ވަނީ އަރާފައެވެ. މި ފިލްމަށް ބެލުންތެރިންގެ އެހާބޮޑު ތަރުހީބެއް ލިބުމުގެ ފަހަތުގައިވަނީ ސިދާތު އާނަންދުގެ ސިގްނޭޗާ ހައި ޕްރޮޑަކްޝަން ވެލިއުސް އަދި ފިލްމުގެ ތަރިންގެ މޮޅު ޕާފޮމެންސް ކަމަށް މާފްލިކްސްއިން ވަނީ ބުނެފައެވެ. ފިލްމު "ޖުވެލް ތީފް"ގެ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ މި ފިލްމު ބެލި މީހުންގެ އަދަދު 5.2 މިލިއަނަށް އެރުމާ އެކު މިއީ އިންޑިއާގެ އޮރިޖިނަލް ފިލްމުތަކަށް ބެލުންތެރިންގެ ޝައުގުވެރިކަން އިތުރުވެފައިވާކަން ދައްކައިދިން ކަމެއް ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ފިލްމު "ޖުވެލް ތީފް" އަކީ ބޮލީވުޑްގެ ތަރިން ކަމަށްވާ ސައިފް އަލީ ޚާން، ޖައިދީޕް އަހުލަވާތު އަދި ނިކީ ދައްތާ މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމެކެވެ. ވަރަށް ވަރުގަދަ ހައިސްޓް އެކްޝަން ތުރިލާއެއް ކަމަށްވާ މި ފިލްމުގެ ޑައިރެކްޓަރަކީ، ކޫކީ ގުލާޓީ އަދި ރޮބޯ ގަރޭވާލްއެވެ. މި ފިލްމުގައި ސައިފާއި ނިކީ ދައްތާގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔައިރު މިއީ ފިލްމު "ރޭސް"އަށް ފަހު އެ ފިލްމުގައި ސައިފް ކުޅެފައިވާ ކެރެކްޓާގެ ހަނދާންތައް ގެނެސްދިން ފިލްމެއް ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. ފިލްމު "ޖުވެލް ތީފް"އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާ އެކު މި ފިލްމުގެ ދެވަނަ ބައެއް އުފައްދަން ފިލްމު ގެނެސްދިން ކުންފުނިން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ