ފުލްޓައިމް އަދި ޕާޓް ޓައިމް ވަޒީފާއެއްގެ ގޮތުގައި ޓެކްސީ ކުރެވޭނެ ފުރުސަތާއެކު ސަރުކާރުގެ ޓެކްސީ ލައިން ފަށަން އެމްޓީސީއާ ހަވާލުކޮށްފިއެވެ.
މިއަދު މާލޭގައި ހުންނަ މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ޓެކްސީ ލައިން ފެށުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ޓްރާނސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީއާ ދެމެދު މިއަދު ގާއިމު ކުރި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަމީމެވެ.
ރާއްޖެއިން ބޭރުގައި ވެސް އާންމު ޓެކްސީ ހިދުމަތް ދޭ އޫބާ، ގްރޭބް ފަދަ ހިދުމަތްތަކާ އެއްގޮތަށް ރާއްޖޭގައި މި ހިދުމަތް ދެމުން ގެންދާނީ އިލްކެޓްރިކް ވެހިކަލްގައި ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުގެ ޓެކްސީ ލައިން ފަށަން އެމްޓީސީއާ ހަވާލު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ