ސަރުކާރު މުވައްޒަފުންނަށް މި މަހު 20ގައި ރޯދަ އިނާޔަތް ދެނީ

ސަރުކާރުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް މި މަހުގެ 20 ވަނަ ދުވަހު ރޯދަ އެލަވަންސް ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ތަފްސީލް - އެ މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ:
ވަޒީފާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް، ހުރިހާ މުސްލިމް މުވައްޒަފުންނަށް ވެސް ރޯދަ އެލަވަންސްދޭން ޖެހޭނެ 
އެލަވަންސްގެ ގޮތުގައި ދޫކުރާނީ 3،000ރ.
މުސާރަ ލިބޭ ދެ ވަޒީފާއެއްގައި އުޅޭ ނަމަ، އެލަވަންސް ދޭނީ އެއް ވަޒީފާއަކުން
ރޯދަ އެލަވަންސް ނުލިބޭ މީހުންގެ ތެރޭގައި ހިމެނެނީ:
ރޯދަ މަސް ފެށޭއިރު، އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވްގައި އާއި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުން
އެކަމަކު ޕޭ ލީވްގައި ހުންނަ މީހަކު، ރޯދަ މަސް ފެށޭއިރު މަސައްކަތަށް ނުކުމެއްޖެ ނަމަ އެ ދުވަހަށް ބަލައިގެން އެލަވަންސް ދޭން ޖެހޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ