މީހަކަށް ކިތަންމެ ކުޑަކަމެއް ކުރިމަތިވިނަމަވެސް އެއީ މާބޮޑުކަމެއް ކަމުގައި ވިސްނައިދީ މީހާގެ ސިކުނޑި ގޮއްވާލަން ޝައިޠޯނާ އަބަދުވެސް މަސައްކަތްކުރާނެއެވެ. ޝައިޠޯނާގެ މަޤްޞަދު ޙާޞިލުކުރެވެންދެން ސިކުނޑިއަށް ބޮންއަޅަމުން ގެންދާނެއެވެ. ގިނަ ބައަކަށް މާޔޫސްކަން ލިބި އެކަމުން ސަލާމަތްނުވެވޭ ޙާލަތަށް ކަންކަން މެދުވެރިވަނީ އެކަމަށް ސަމާލުކަން ނުދެވޭތީއެވެ.
ކޮންމެ މީހަކުވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއްދީ ޝައިޠޯނާގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރަންވާނެއެވެ. ކަމެއް ކުރިމަތިވުމުން އެކަން ﷲ ތައާލާއަށް ވަކީލުކުރުމަށްފަހު ތިމާއަށް ކުރަންޖެހޭ އެހެންކަންކަން ކުރަން އަވަސްވެގަންނާށެވެ! މާޔޫސްނުވުމުން ސަލާމަތްވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ
މިއަދު އެންމެ ގިނަބައަކަށް ކުރިމަތިވާ އެންމެ ނުރައްކާތެރި އެއް ކަމަކީ ތިމާއަށް ދަތިކަމެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވުމުން އެކަމަށް ވިސްނަން ހަދައިގެން ތިމާ ކުރަން ހުންނަން ކަމަށް ފޯކަސް ގެއްލި، ސަމާލުކަން ނުދެވި ފޭލްވުމެވެ.
އެއިރުން އެމެދުވެރިވަނީ ދެގެއްލުމެވެ. ފުރަތަމަ ގެއްލުމަކީ ކުރިމަތިވި މައްސަލައެވެ. ދެވަނަ ގެއްލުމަކީ ކާމިޔާބުކުރަންޖެހޭ ކަންކަން ކާމިޔާބު ނުކުރެވުމުން ލިބޭ ގެއްލުމެވެ. ވީމާ އެނގިގެން މިދަނީ ކިތަންމެ ބޮޑު ހިތްދަތި ޙާލަތެއް ކުރިމަތިވި ނަމަވެސް އެކަމަށް ވިސްނަން ހަދައިގެން ތިމާ ކުރަންޖެހޭ ކަންކަން ނުކުރެވުމުން ތިމާއަށް ލިބޭނެ ގެއްލުން މާބޮޑުވާނެ ކަމެވެ.
--މުފްތީ މެންކުގެ ދަރުސަކުން
ސިކުނޑިއަށް ޝައިޠޯނާދޭ ޙަމަލާތަކަށް ސަމާލުވެވެވޭނަމަ މާޔޫސްކަމުން ސަލާމަތްވެ ހުރުމުގެ ފުރުޞަތު ބޮޑުތަނުން އިތުވެގެންދާނެ! އިން ޝާ ﷲ: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ