ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަނިކޮށް، ހާލު ދެރަވެ ފަރުވާއަށް މާލެ ގެނައި ފުލުސް މީހާ ނިޔާވުމާއި ގުޅިގެން އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ފުލުހުންގެ ފަރާތުން އާއިލާއަށް ތައުޒިޔާ ފޮނުވައިފި އެވެ.
ނިޔާވީ ޕޮލިސް ކޮންސްޓަބްލް ޙުސައިން ގައިސް (34އ) އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ގައިސް, ހާލުދެރަވެ އައިޖީއެމް ހޮސްޕިޓަލް ގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.
Advertisement
ދ. ވާނީގައި ތަމްރީން ހަދަމުންދިޔަ ދަނިކޮށް ގައިސްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށާފައިވާ ކަމަށް ފުލުހުން ހާމަކުރީ މިމަހު 4 ވަނަ ދުވަހުއެވެ.
ގައިސް ނިޔާވުމާއި ގުޅިގެން ފުލުހުން އާންމުކޮށްފައިވަ ތައުޒިޔާގެ މެސެޖުގައި ބުނީ ފުން ހިތާމައިގެ މި ދަނޑުވަޅު އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ފުލުހުންގެ ފަރާތުން އެ އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.
ގައިސް ނިޔާވުމާއި ގުޅިގެން ތައުޒިޔާ ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ