ގާޒީ ސްކޫލުގައި އިތުރު 18 ކްލާސް ރޫމް އިމަރާތްކުރާނެ ބަޔަކު ހޯދަނީ

އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތީން ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލުގައި އިތުރު 18 ކްލާސް ރޫމް އިމަރާތްކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވަނީ ގާޒީ ސުކޫލްގައި އިތުރު 18 ކުލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލައިފައިވާ ކަމަށެވެ. މިނިސްޓްރީއިން ވަނީ މި ބީލަމުގައި ބައިވެރިވުމަށް  500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށް ބުނެފައެވެ. އަދި، ފައިސާ ބަލައިގަންނާނީ މިއަދުން ފެށީގެން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކަމަށާއި ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ބަނޑޭރި ޕޭ  މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ފައިސާ ދެއްކުމަށް ފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އީމެއިލް މެދުވެރިކޮށް ފޮނުވުމަށް މިނިސްޓްރީން ވަނީ އެދިއެވެ. މި މަސައްކަތާ ބެހޭ އެންމެހައި ލިޔެކިޔުންތަކުގެ ސޮފްޓްކޮޕީ މިނިސްޓްރީގެ ވެބްސައިޓުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި ބިޑާ ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 121,000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ މި މަހުގެ 18ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް މިމަހުގެ 25ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ކަމަށާއި މި ޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ މި މަހުގެ 26 ހޯމަ ދުވަހުގެ 11:00 ގައި ކަމަށް ވެސް ވަނީ ބުނެފައެވެ. ބިޑާއި ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ