އެނގޭތަ؟: 8 ކުޅަނދުރުގެ މުޅި ހަޔާތުން މާމުއިގެ އެންމެ ސަމުސަލެއް

މާމުއި ސަމުސަލެއް ބޯލާ އިރު، ދެން ފަހަރަކުން، ކުނޅަދުރުގެ މަތިން ހަނދާންކޮށްލައްޗެވެ!
ސައިންސްގެ ހޯދުންތަން ދައްކާ ގޮތުގައި އެންމެ ސަމުސަލެއްގެ މާމުއި އުފައްދަން އަށް ކުޅަނދުރުގެ މުޅި ހަޔާތް ހޭދަވެ އެވެ.
ކުޅަނދުރެއްގެ އެވްރެޖް އުމުރަކީ 30-60 ދުވަހެވެ. އެކަމަކު މި ކުޑަކުޑަ ދިރުން ކޮންމެ ދުވަހަކު ގާތްގަނޑަކަށް 5،000 މަލުން ފޮނި ބޯލަ އެވެ. ކުޅަނދުރުގެ މުޅި އުމުރަށް ބަލާ ނަމަ އެއީ ގާތްގަނޑަކަށް 150،000 މަލެވެ. އެކަމަކު އެއިން އެންމެ ކުޅަނދުރަކަށް ވެސް އޭގެ މުޅި ހަޔާތުގައި އެންމެ ސައި ސަމުސަލެއްގެ މާމުއި ވެސް ނުއުފެއްދެ އެވެ.
ކުޅަނދުރުގެ ވާހަކަ މާތްﷲ ވަނީ ގުރުއާންގައި ވެސް ބަޔާންކުރައްވައިފަ އެވެ. އޭގެ ހިޔާވަހިކަން ގަސްތަކާއި ފަރުބަދަތަކާއި ހަތާތަކުގައި ހެދުމުގެ ކުޅަދާނަކަން ކުޅަނދުރަށް ދެއްވި ވާހަކަ އެވެ. އޭގެ ބަނޑު ތެރޭގައި ބުއިމެއް ލެއްވި ވާހަކަ އެވެ. އަދި އެ ބުއިމުން އިންސާނުންނަށް ފަރުވާތަކެއް ވާކަމުގެ ވާހަކަ އެވެ.
މާމުއި ސަމުސަލެއް ބޯލާއިރު އެއީ ގުދުރަތުގެ އެ ކުޑަކުޑަ އުފެއްދުމުގެ މުޅި އުމުރުދުވަހުގެ މަސައްކަތް ކަމަށް ހަނދާންކޮށްލުން ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ