ދިރާގުން ފުވައްމުލަކުގައި ބޭއްވި ދުވުން ކާމިޔާބުކަމާ އެކު އިއްޔެ ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގްބޫލު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު)ގެ އެޑިޝަނެއް އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.
ފުވައްމުލަކުގައި މި ދުވުން ބޭއްވީ ފުވައްމުލަކު ސިޓީ ކައުންސިލް، ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އެތްލެޓިކްސް އެސޯސިއޭޝަންއާ ގުޅިގެންނެވެ.
ތަފްސީލް - މި ތާރީހީ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1112 ދުވުންތެރިން ވަނީ ބައިވެރިވެފަ އެވެ. މި ދުވުމުގެ ކެޓަގަރީތަކުގެ ތެރޭގައި 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރެތަން ހިމެނެ އެވެ.
ޑީއެމްއާރުއާރުއާ އެއްފަދައިން، ފުވައްމުލަކުގައި ބޭއްވި ދުވުމުގައި ބައިވެރިވެ، އެކިއެކި ވަނަތައް ހޯދި ދުވުންތެރިންނަށް ޖުމްލަ 232،000ރ.ގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހަވާލުކޮށްފަ އެވެ.
ދިރާގު ފުވައްމުލަކު ރަން 2025ގެ ވަނަވަނައަށް ގޮސްފައިވާ ދުވުންތެރިންނަކީ:
ހާފް މެރަތަން - ފިރިހެން
ޝިފާޒު މުހައްމަދު - ޗެމްޕިއަން
ހުސައިން ފަޒީލް - ދެވަނަ
ކިރަން ސިންގް ބޮގަޓީ - ތިންވަނަ
ހާފް މެރަތަން - އަންހެން
އައިޝަތު ޖިނާނީ އިބްރާހީމް - ޗެމްޕިއަން
ޝަޒްނާ މުހައްމަދު - ދެވަނަ
ހުސްނާ މުހައްމަދު - ތިންވަނަ
10 ކިލޯމީޓަރު - ފިރިހެން
މުހައްމަދު އިރުފާން - ޗެމްޕިއަން
މުހައްމަދު ރަޝީދު - ދެވަނަ
އަބްދުﷲ ރަޝީދު - ތިންވަނަ
10 ކިލޯމީޓަރު - އަންހެން
ނިޒްމީނާ އަހްމަދު - ޗެމްޕިއަން
އަނާން އަހްމަދު ރަޝީދު - ދެވަނަ
އާމިނަތު ނައުފާ ރަޝީދު - ތިންވަނަ
5 ކިލޯމީޓަރު އޯޕަން - ފިރިހެން
ސައިން ފަޒީލް - ޗެމްޕިއަން
ޔޫސުފް އިބްރާހީމް - ދެވަނަ
ކިރަން ސިންގް ބޮގަޓީ - ތިންވަނަ
5 ކިލޯމީޓަރު އޯޕަން - އަންހެން
ނިޒްމީނާ އަހްމަދު - ޗެމްޕިއަން
ފާތިމަތު ހަސްނާ - ދެވަނަ
ހުސްނާ މުހައްމަދު - ތިންވަނަ
5ކޭ ސްކޫލް 13 އަހަރުން މަތި - ފިރިހެން
އަހްމަދު ރޫނީ މުހައްމަދު - ޗެމްޕިއަން
އަހްމަދު ޖޫދު މުހައްމަދު - ދެވަނަ
މުހައްމަދު ޝުއައިބު އަބްދުﷲ - ތިންވަނަ
5 ކިލޯމީޓަރު ސްކޫލް 13 އަހަރުން މަތި - އަންހެން
ދުއާ އަހްމަދު ވަސީމް - ޗެމްޕިއަން
ނީމް އިބްރާހީމް އަހްސަން - ދެވަނަ
އާއިޝަތު އަމްޝީ އަހްމަދު - ތިންވަނަ
5 ކިލޯމީޓަރު ސްކޫލް 13 އަހަރުން ދަށް - ފިރިހެން
އާހިލް އިބްރާހީމް މޫސާ - ޗެމްޕިއަން
ޔޫސުފް އާކިލް އާމިރު - ދެވަނަ
މުހައްމަދު އާލް ހަސަން - ތިންވަނަ
5 ކިލޯމީޓަރު ސްކޫލް 13 އަހަރުން ދަށް - އަންހެން
އާމިނަތު ރައޫމް އަހްމަދު ހަބީބު - ޗެމްޕިއަން
މަރްޔަމް ޔުއީން އަބްދުﷲ - ދެވަނަ
އާމިނަތު ޝާޔަން - ތިންވަނަ
ފާހަގަކޮށްލެވޭ - ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.
މި ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި ޑީއެމްއާރުއާރު ފުޅާ ކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށް އަދި ރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސްނަގައިގެން ކުރަމުން އަންނަ ބުރަ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ފުވައްމުލަކުގައި ބޭއްވި ދުވުމަށް ބޮޑު ތަރުހީބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ