އޮރެންޖު ތޮށްޓަކީ ހިތް ދުޅަހެޔޮކޮށް ބެހެއްޓުމަށް އެއްވަނައިގެ އެއްޗެއް! ޣައްޒާގެ މައްސަލައިގައި އަރަބި ސަމިޓެއް ބާއްވައިފި ކެފޭތަކުން ކައިގެން ބިލް ނުދައްކާ މީހާ ދެވަނަ ފަހަރަށް ހައްޔަރުކޮށްފި އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބިދޭސީންތަކެއް ކާނާ ވިހ

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝޯއެއް ކަމަށްވާ ސެލެބްރިޓީ މާސްޓާޝެފް އިން ވަކިވާ ވާހަކަ ދީޕިކާ ކަކަރް ބުނެފިއެވެ.
ގިނަ ދުވަސްތަކަކަށް ފަހު އެނބުރި ސްކްރީނަށް އައި ދީޕިކާ ވަނީ އޭނާގެ ޔޫޓިއުބް ވްލޮގް ގައި އޭނާ ޝޯއިން ވަކިވިކަން ކަށަވަރުކޮށްދީފައެވެ.
ސެލެބްރިޓީ މާސްޓާޝެފް ޝޯއަކީ އިންޑިއާގެ ގިނަ ތަރިންތަކެއް ބައިވެރިވާ ޝޯއެކެވެ. އަދި މި ޝޯގައި ބައިވެރިވެ ތަރިންގެ ކަލިނަރީ ހުނަރު ދައްކާ ޝޯގެ އެއްވަނައިގައި ހިމެނުމަށް މަސައްކަތް ކުރެއެވެ. އެ ތަރިންގެ ފޭނުން އެމީހުންގެ އެންމެ މަގުބޫލު ތަރިންނަށް އެ މަގާމު ހޯދައިދިނުމަށް ތަރިންނަށް ސަޕޯޓުކޮށް ހިތްވަރު ދެއެވެ.
ދީޕިކާ މި ޝޯ މެދުތެރެއިން ޝޯ ދޫކޮށްލި ކަމަށް މީގެ ކުރިން ވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ. އެފަހަރު އެ ވާހަކަތަކާއި ގުޅިގެން ތަފާތު ވާހަކަތައް ދެކެވެމުން ދިޔައިރު، ދީޕިކާގެ ފޭނުން އެމީހުންގެ މަގުބޫލު ތަރި ޝޯއިން ވަކިވާތީ އެކަމާއި ދެރަވެގެން އުޅުނެވެ. އަދި ދީޕިކާ ޝޯ ދޫކޮށްލަން ނިންމި ނިންމުމުގެ ޒިންމާ ތޭޖަސްވީ ޕްރަކާޝްގެ ބޮލުގައި އަޅުވާފައިވާއިރު، ބިގް ބޮސްއާ އަޅާކިޔާއިރު ސެލެބްރިޓީ މާސްޓާޝެފް އަކީ ވަކިކޮޅަކަށް ޖެހިފައިވާ ޕްރޮގްރާމެއްކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
ދީޕިކާ އޭނާގެ ޔޫޓިއުބް ވްލޮގް ގައި ބުނެފައިވަނީ މިދިޔަ ހަފުތާގައި ފެސްޓިވަލް ފާހަގަކުރަމުން ދަނިކޮށް އޭނާގެ ކޮނޑުގައި ރިއްސަން ފެށި ކަމަށެވެ. އަދި އޭގެ ފަހުން ސެޓަށް ދިޔަ ހިސާބުން ފެށިގެން އޭނާގެ ކޮނޑުގެ ރިހުން ގަދަވި ކަމަށާއި ޕްރޮޑަކްޝަން މީހުން އޭނާ ގޮވައިގެން ހޮސްޕިޓަލަށްވެސް ދިޔަ ކަމަށެވެ. އަދި ލިމްފް ނޯޑްތައް ހުރުމުގެ ސަބަބުން ކޮނޑުގައި ވަރަށް ބޮޑަށް ރިއްސާ ކަމަށް އޭނާ ބުންޏެވެ.
ދީޕިކާ ބުނި ގޮތުގައި ބޭސް ކައިގެން ކުޑަކޮށް ތަދު ލުއިވުމުން ޝޯގެ ޝޫޓިން ކުރިއަށް ގެންދިޔަ ކަމަށެވެ ނަމަވެސް ބޭހުގެ ގަޑިހަމަވުމުން އަނެއްކާވެސް ހަމަ އެވޭން ލިބެން ފެށިކަމަށެވެ.
އޭނާ ބުނެފައިވަނީ ފެބްރުއަރީ 12 ވަނަ ދުވަހު، ވެޑިން ލުކްގައި ހިމެނޭ ބައިވެރިންނާއެކު ކުރިއަށް ޝޫޓިންއަކީ އޭނާގެ އެންމެ ފަހު އެޕިސޯޑް ޝޫޓްކުރި ދުވަސް ކަމަށެވެ.
ދީޕިކާ ވަނީ އޭނާގެ މުޅި ދަތުރުގައި އޭނާއަށް އެއްބާރުލުން ދިން ޕްރޮޑިއުސަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.އަދި ޖަޖުން ކަމަށްވާ ޝެފް ރަންވީރު ބްރާރް، ވިކާސް ކަންނާ އަދި ފަރަޚް ޚާނަށް ޝުކުރު އަދާކޮށްފަ އެވެ
.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ