ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު އިތުރުކޮށްފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރުމުގެ ފުރުސަތު މިހާރުވަނީ 15 އެޕްރިލް 2025 އާއި ހަމައަށް އިތުރުކުރެވިފައެވެ.
ތަކެތި ބައިވެރިކުރުމަށް އީފާސް އިން ލޮގިންކޮށްގެން ވަންގަވްގައި މިކަމަށް ހާއްސަކުރެވިފައިވާ ފޯމް https://one.gov.mv/services/67b310de-e5d0-f865-6659-0007bfc090e3 ފުރިހަމަ ކުރުމަށް އިކޮނަމިކް މިނިސްޓްރީން އެދެއެވެ. 
މިއަހަރު މެއި މަހުގެ 23 އިން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މަޢުރަޒު އިންތިޒާމްކޮށް ހިންގުމަށް ހަމަޖެހިފައިވަނީ އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރި އާއި ބެހޭ ވުޒާރާ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ. 
Advertisement
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މި މަޢުރަޒަކީ މަސައްކަތްތެރިންގެ ހުނަރު ކުރިއަރުވައި ތަރައްޤީކުރުމަށް ބާރުއަޅައި، ދިވެހިންގެ ހުނަރުވެރި އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށް ބާއްވާ މަޢުރަޒެކެވެ.
އިކޮނަމިކް މިނިސްޓްރީން ބުނި ގޮތިގައި، ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއި އަދި ހުރިހާ އުމުރުފުރައެއްގެ ބޭފުޅުންނަށްވެސް މުނިފޫހިފިލުވުމުގެ ގޮތުން ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް މި މައުރަޒާއިއެކު ކުރިއަށް ދާނެއެވެ. އަދި އީޖާދީ ގޮތުން ކުރިއަރާފައިވާ ބޭރުގެ ގިނަ ގައުމުތަކުގެ އުފެއްދުންތައް މި މައުރަޒުގެ އެކި ޑިސްޓްރިކްޓްތަކުން ފެނިގެން ދާނެ ކަމަށެވެ.  
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވެބްސައިޓް އިފްތިތާހްކޮށް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ