މި އަހަރަށް ފާސްކުރި ބަޖެޓު ފޮތުގައި އޮތް ގޮތަށް މުތުލަގަށް އެންމެނަށް ލިބޭ ބްލެންކެޓް ސަބްސިޑީ ކަނޑާނުލައި ކަރަންޓުގެ ޓެރިފް ރޭޓުތައް ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ދާދި ދެންމެއަކު އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބަދަލު ގެންނަން ނިންމަވާފައި ވަނީ އަންނަ ޖޫން 1، އިން ފެށިގެން ކަމަށެވެ.
"ޖޫން 1، 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ތިރީގައިވާ ގޮތަށް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައި ވާނެ ވާހަކަ ދަންނަވަން،" ރައީސް ކުރެއްވޮ ޕޯސްޓުގައި ވިދާޅުވި އެވެ.
އެ ޕޯސްޓާއެކު ރައީސް ހިއްސާ ކުރެއްވި ޓޭބަލްގައި ވާގޮތުން އަންނަ މަހުން ފެށިގެން ކަރަންޓު ބިލުތަކަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އެ ބަދަލު ތަކަކީ:
0 - 100 ބޭންޑު - މިހާރުގެ ރޭޓު: 1.50 އާ ރޭޓު:1.25
101 - 200 ބޭންޑު - މިހާރުގެ ރޭޓު: 1.70 އާ ރޭޓު: 1.50
201 - 300 ބޭންޑު - މިހާރުގެ ރޭޓު: 2.15 އާ ރޭޓު: 1.50
301 - 400 ބޭންޑު - މިހާރުގެ ރޭޓު: 2.50 އާ ރޭޓު: 1.50
401 - 500 ބޭންޑު - މިހާރުގެ ރޭޓު: 2.95 އާ ރޭޓު: 2.66
501 - 600 ބޭންޑު - މިހާރުގެ ރޭޓު: 3.55 އާ ރޭޓު: 3.20
600 ++ ބޭންޑު - މިހާރުގެ ރޭޓު: 4.25 އާ ރޭޓު: 3.83
މި ބަދަލާއެކު ކަރަންޓު ބިލުތައް ކުޑަވި ނަމަވެސް، ކަރަންޓުގެ ހިދުމަތް ދިނުމަށް ދައުލަތުން ކުރާ ހޭދަ އިތުރަށް ބޮޑުވާނެ އެވެ. އަދި މިއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ސިޔާސަތަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
ބްލެންކެޓް ސަބްސިޑީ އުވާނުލައި ކަރަންޓުގެ ޓެރިފް ރޭޓުތައް ކުޑަކުރަން ރައީސް ނިންމަވައިފި ބްލެންކެޓް ސަބްސިޑީ އުވާނުލައި ކަރަންޓުގެ ޓެރިފް ރޭޓުތައް ކުޑަކުރަން ރައީސް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ