މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މޫސުމާއި ބެހޭ އިދާރާއިން މިއަދު ހެނދުނު 9:30 އިން މިއަދު މެންދުރުފަހު 15:30 އާއި ހަމައަށް ވަނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި، މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެއެވެ.
Advertisement
މިއާއިއެކު، އެ އިދާރާއިން ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މިއަދު ހަވީރު 16:30 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ވެސް ހުދު ސަމާލު ނެރެފައެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ، މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރާކަމަށެވެ.
އެހެންކަމުން މޫސުމާއި ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސް، ރާއްޖޭގެ ބޮޑު ބައެއް ހުދު ސަމާލުގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ