ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުއާ ގުޅުވައިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކާއި ވީޑިއޯތައް ފަތުރާ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމަނިކުފާނު ނިންމަވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ، ދޮގު މައުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދަދު ނޫހުގެ ނޫސްވެރިއަކު އެ ނޫހުން އުފެއްދި ވީޑިއޯއަކާ ގުޅިގެން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ދޮގު މައުލޫމާތު ފެތުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ދޮގު މައުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން މިކަމަށް އިންސާފު ހޯއްދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ވިކްޓިމްގެ ޒާތީ މައުލޫމާތު އާންމު ކުރުމަކީ ގޯހެއް: ރައީސް އެސްއޯއީ ތަކުގެ ތެރެއިން ދޭ ސްޕޮންސާތަކުގެ ތެރެއަށް ރައީސް އޮފީހަކުން ނުވަންނާނެ: ރައީސް މުއިއްޒު ރައްޔިތުން ދިން މެންޑޭޓުން ބޭރު ކަމެއް ނުކުރާނެ: ރައީސް މިނިސްޓްރީތަކުގެ އޮނިގަނޑަށް ބޮޑު ބަދަލެއް:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ