މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަގާމަށް ގަލޮޅު ސިލްވަރުގެއާގެ، އާއިޝަތު އަސްނާ ހަމްދީ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, މިއަދު އައްޔަނު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އަސްނާ މި މަގާމަށް އައްޔަނު ކުރައްވާފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުން ނެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭ ގެ ތަފާތު މަގާމުތަކުގައި ސަތާރަ އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ އަސްނާ ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަގާމަށް އައްޔަނު ކުރެއްވިއިރު ހުންނެވީ އެ އިދާރާގެ މެނޭޖިންގް ޑިރެކްޓާ- ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް ގެ މަގާމުގައެވެ.
Advertisement
2014 ވަނަ އަހަރު އަސްނާ ވަނީ ޔުނިވާސިޓީ އޮފް ނޮޓިންގްހަމުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންސްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލު ކުރައްވާފަ އެވެ. މީގެ އިތުރުން، 2007 ވަނަ އަހަރު ޔުނިވާސިޓީ އޮފް އީސްޓް ލަންޑަނުން ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނާސް)، 2005 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް އިން އެޑްވާންސްޑް ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، އަދި 2001 އިން 2003 އަށް، އިނިގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން، ޑިޕްލޯމާ އެންޑް ސެޓިފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައިވެ އެވެ.
އަސްނާ ވަނީ މި ދާއިރާއިން ބައިނަލްއަގްވާމީ ފެންވަރުގެ އެވޯޑު ހާސިލުކުރައްވައި، ދިރާސީ ކަރުދާސްތައް ވެސް ޝާއިއު ކުރައްވާފަ އެވެ.
ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ