ދުނިއޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ގޫގުލްއިން އެ ކުންފުނީގެ ފޮޓޯސް އެޕް އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިދުމަތް ކަމުގައިވާ ޖެމިނައި އިންޓަގްރޭޓް ކުރަން ފަށައިފި އެވެ.
މިކަމުގެ ސަބަބުން ގޫގުލް ފޮޓޯސް ބޭނުންކުރާ ފަރާތްތަކަށް އިތުރު ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ އެވެ.
ގޫގުލްގެ ފަރާތުން މިކަން އިއުލާނުކުރުމާއެކު، ޖެމިނައިގެ ހިދުމަތް ގޫގުލްގެ އެހެން އެޕްތަކާ ވެސް ގުޅުވާލެވިފައިވާކަން ފާހަގަކޮށްފައިވެ އެވެ. މީގެ ތެރޭގައި ގޫގްލް ކަލަންޑަރު، ޑްރައިވް، ޑޮކްސް، މެޕްސް އަދި ޔޫޓިއުބް ހިމެނެއެވެ. މީގެ އިތުރުން އެންޑްރޮއިޑް ވާޝަނުގައި ސްޕޮޓިފައި، އޯޕަންސްޓެކްސް އަދި ވަޓްސްއެޕް ފަދަ ތިންވަނަ ފަރާތުގެ އެޕްތަކާވެސް ގުޅުވާލެވިފައިވެ އެވެ.
ގޫގުލް ފޮޓޯސްއާއި ޖެމިނައި އެއްކޮށްލުމުގެ ސަބަބުން އާ ދެ ބައެއް އިތުރުވެގެންދާނެއެވެ. ފުރަތަމަ ބަޔަކީ ބެކްއަޕް ކުރެވިފައިވާ ފޮޓޯތަކުގެ ތެރެއިން މީހުންނާއި، ތަންތަނާއި އަދި ތާރީހުތައް ހޯދުމުގެ ގާބިލުކަމެވެ. ދެވަނަ ބަޔަކީ "އެންމެ ފަހުގެ ސެލްފީތައް ދައްކާ" ފަދަ ވަކި ކަންކަމަށް ހާއްސަ ކޮމާންޑްތައް ދެވޭނެ ގޮތް ހެދުމެވެ.
މި އަޕްޑޭޓް ފާއިތުވި މަހު ޕްރިވިއު ކުރެވުނު ނަމަވެސް، މިހާރު ވަނީ ސްމާޓްފޯނުތަކަށް ލިބެން ފަށައިފަ އެވެ. މި އަޕްޑޭޓާއެކު ގޫގުލް ފޮޓޯސްގެ ބޭނުންކުރުން އިތުރަށް ފަސޭހަވެ، ބޭނުންތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ގޫގުލް ފޮޓޯސް އާއި ޖެމިނައި އިންޓަގްރޭޓް ކުރަނީ ގޫގުލް ފޮޓޯސް އާއި ޖެމިނައި އިންޓަގްރޭޓް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ