ވަކި ސިގިރޭޓް ވިއްކުމާއި މަނާ ތަންތަނުގައި ސިގިރޭޓް ބުއިން ހުއްޓުވަން އިތުރު މަސައްކަތްތަކެއް ފަށަނީ

ވަކިން ސިގިރޭޓް ވިއްކުމާއި ސިގިރޭޓް ބުއިމަށް ހުއްދަ ނެތް ތަންތަނުގައި ސިގިރޭޓް ބުއިމުގެ ކަންކަން ހުއްޓުމަށް ހެދިފައިވާ ގާނޫނުތައް ތަންފީޒު ކުރުމުގެ ކަންކަން ވަރުގަދަ ކުރުމަށް މަޝްވަރާ ކޮށްފި އެވެ.
މި މަޝްވަރާތައް ކޮށްފައި ވަނީ ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް އާއި މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ބައްދަލު ކުރައްވަ އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ތަންފީޒީ އިދާރާތައް ކަމަށްވާ، މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން ގާނޫނު ތަންފީޒުކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ކަންތައްތަކެއް ކުރުމަށް ވަނީ މަޝްވަރާ ކޮށްފަ އެވެ.
Advertisement
އެގޮތުން ވަކިން ސިގިރޭޓް ވިއްކުމާއި، ހުއްދަ ނުދޭ ކެފޭ ރެސްޓޯރަންޓް ތަންތަނުގައި ސިގިރޭޓް/ ޝީޝާ ބުއިމާއި ވޭޕް ބޭނުން ކުރުން ފަދަ ކަންކަން ހުއްޓުވުމަށް ކަމާއި ގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވެ އެވެ. އަދި ނިންމީ ހުރިހާ މުއައްސަސާތައް ގުޅިގެން އެންފޯސްމަންޓް ވަރުގަދަ ކުރުމަށެވެ.
މި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވެސް ބައިވެރިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ