އިކޮނޮމިކް މިނިސްޓަރު ތުރުކީ އަށް

ތުރުކީއިން ދިވެހި އަސްކަރިއްޔާއަށް މިސައިލުތަކެއް ގަންނަން އުޅޭކަމުގެ އަޑު ފެތުރިފައި އޮއްވައި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.އިކޮނޮމިކް މިނިސްޓްރީއިން ބުނެފައި ވަނީ މިނިސްޓަރު ސައީދުގެ ދަތުރުގައި ބައިނަލްއަގުވާމީ އަދި ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.މި ބައްދަލުވުންތަކުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ރާއްޖެ އާއި ތުރުކީއާ ދެމެދު އިންވެސްޓްމަންޓްގެ އާ ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ވެސް ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ