ސައުދީ އަރަބިއްޔާގެ ތެޔޮ ނޫން އިގްތިސާދީ ދާއިރާ 10 އަހަރުގެ ތެރޭގައި އެންމެ ވަރުގަދަ ބާރުމިނެއްގައި މިދިޔަ މަހު ކުރިއަރާފައިވާ ކަމަށް އިއްޔެ އާންމުކުރި ސާވޭއަކުން ދައްކައިފި އެވެ.
މި ކުރިއެރުން ލިބިފައިވަނީ އާ އޯޑަރުތައް އިތުރުވުމާއި ވިޔަފާރީގެ ހަރުދަނާ ހަރަކާތްތަކުގެ ސަބަބުންނެވެ.
ރިޔާދު ބޭންކުގެ ސައުދީ ޕާޗޭސިން މެނޭޖަރުންގެ އިންޑެކްސް (ޕީއެމްއައި) ސާވޭން ދައްކާ ގޮތުގައި، ޑިސެމްބަރު މަހު 58.4ގައި ހުރި އިންޑެކްސް މިދިޔަ މަހު ވަނީ 60.5އަށް އަރާފަ އެވެ. މިއީ ސެޕްޓެމްބަރު 2014 އިން ފެށިގެން ރެކޯޑު ކުރެވުނު އެންމެ މަތީ މިންވަރެވެ.
"އެކްސްޕޯޓް އޯޑަރުތައް އިތުރުވުން، ހާއްސަކޮށް ގަލްފުގެ ގައުމުތަކުގެ ޑިމާންޑް އިތުރުވެފައިވޭ،" ރިޔާދު ބޭންކުގެ ޗީފް އިކޮނޮމިސްޓް ނާއިފް އަލް ގައިތު ވިދާޅުވި އެވެ.
ސަރުކާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ތެޔޮ ނޫން އިގްތިސާދީ ދާއިރާގެ ކުރިއެރުން %4.6އަށް އަރާފައިވެ އެވެ. މިއީ ސައުދީން ގެންގުޅޭ 'ވިޝަން 2030'ގެ އިގްތިސާދީ މަގުސަދުތައް ހާސިލްކުރުމަށް ސަރުކާރުން ގެންގުޅޭ ކަންކަމުގެ ނަތީޖާއެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.
މިދިޔަ މަހު ވަޒީފާގެ ފުރުސަތުތައް އިތުރުވިޔަސް ހަރަދުތައް ބޮޑުވުމުގެ ގޮންޖެހުންތައް އެބަހުއްޓެވެ. އިންފްލޭޝަން މައްޗަށް ދިއުމާ އެކު، އަހަރެއްހާ ދުވަހުގެ ތެރޭގައި އުފެއްދުންތަކުގެ އަގުތައް އެންމެ އަވަސް ބާރުމިނެއްގައި މައްޗަށް ގޮސްފައިވެ އެވެ.
ސައުދީގެ ތެޔޮ ނޫން އިގްތިސާދީ ދާއިރާ 10 އަހަރު ތެރޭ އެންމެ ބާރަށް ކުރިއަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ