މަޖީދީ މަގު މަރާމާތު ކުރާތީ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މާލޭގެ މަގުތައް މަރާމާތު ކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން މަޖީދީ މަގުގެ ޓްރެފިކް ފްލޯއަށް ވަގުތީ ގޮތުން ބަދަލުތަކެއް ގެންނަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ބްލޮކްތަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި ޕްރޮޖެކްޓުގެ މަސައްކަތުގެ ތެރެއިން މި ފެބްރުއަރީ 6 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 9 ގެ ނިޔަލަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޗާންދަނީމަގާއި ރަށްދެބައިމަގުގައެވެ.
މި މަސައްކަތް ކުރިޔަށްދާ ވަރަކުން މާލޭގެ މަގުތަކުގެ އެކި ސަރަހައްދު ތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް އަންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އެގޮތުން މަސައްކަތް ކުރާ ވަގުތު ޓްރެފިކަށް ބަދަލު ގެންނަށް ނިންމާފައިވަނީ މަޖީދީ މަގު ޗާނދަނީ މަގު ކަންމަތިން ފެށިގެން އިރުމަތި ފަރާތުން ދަބުރުއްމަގާ ހަމައަށް ޓްރެފިކަށް ބަދަލު ގެނެވޭނެއެވެ. އަދި މަޖީދީ މަގުން ވަންނަ ޖަނަވަރީ ގޯޅީގެ ޓްރެފިކް ފްލޯއަށް ވެސް ބަދަލު ގެނެވޭނެއެވެ.
މަސައްކަތް ކުރާ ވަގުތު މަޖީދީ މަގު ރަށްދެބައިމަގު ކަންމަތިން ފެށިގެން ހުޅަނގަށް ދަބުރުއްމަގު ކަންމައްޗާ ހަމައަށް ބަންދުވާނެއެވެ.
އެހެންކަމުން މި ގޮތަށް ގެނެވޭ ބަދަލުތައް މާލެ ސިޓީ ކައުންސިލުން ހާމަ ކުރަމުންދާނެ ކަމަށާއި މި ކަމަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ