މިދުވަސްވަރު އެންމެ ބާރަށް ދެކެވޭ އެއްވަހަކައަކީ ރާއްޖޭގެ އުފާވެރިވެރި ކަމުގެ މިންވަރު (ހެޕިނަސް އިންޑެކް) ގެ ވާހަކައެވެ. ރާއްޖޭގެ މަހާރެހެންދި ހެޕިނަސް އިންޑެކްސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ތައާރަފް ކޮށްގެން އުޅޭ ވާހަކައެވެ.
ސަރުކާރުން ހޭދަކޮށްގެން މިވަގުތަށް އޮތް އެންމެ މުހިންމުކަމަކީ އެއީ ހެއްޔެވެ. ރާއްޖޭގައި ގިނައީ ފަސްއިރު ހަމައަށް ކާއެތިކޮޅު ނުލިބޭ މީހުންނެވެ. ވެރިރަށް ފުރަމާލޭގެ ބޮޑު އާބަދިއަކީ ފުނިޖެހިގެން ދަންފަޅި ބަހައިގެން ފުންޏަކަށް ނިދާ މީހުންނެވެ. ފެންނަނީ ކަރަންޓް ބިލާ ފެންބިލު އަތްނުފޯރާ ވަރަށް ބޮޑުވެ ބިލްތައް ނުދެއްކިގެން އުޅޭ މީހުންނެވެ.
ގިނައީ އަމިއްލަ އާއިލާއަށް އަމިއްލަ ހަރަދުގައި ބޭސްފަރުވާ ނުކުރެވޭ މީހުންނެވެ. އެތައް ސަތޭކަ ގޭބިސިއަކަށް ކަންމަތި ފިހާރައިގެ ލޭންދޭނު މަހުންމަހަށް ކަނޑާ ނުލެވެއެވެ.
ސަރުކާރާއި އަމިއްލަ ވަޒިފާގައި އުޅޭ އެންމެން ތިބީ ލޯނުމަޅިއަށް މެހި ދަރާ ބޯނުހިކޭ ވަރުވެފައެވެ. މުޅި ދުނިޔޭންވެސް ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު އާމްދަނީ އެންމެ މަދުން ލިބޭ ރައްޔިތަކީ ދިވެހިންނެވެ.
އިނަސާފާއި ހައްގަކީ ނުފުޒާއި ފައިސާއިން ނޫނީ ލިބެން އޮތް އެއްޗެއް ނޫނެވެ. އިތުބަރެއް އިންސާނީ ކަރާމަތެއް އަހުތިރާމެއް އެކަކު އަނެކަކަށް ނެތެވެ.
ގޮތްހުސްވެ އަމިއްލައަށް މަރުވުމާއި ހޮތްނޭނގޭ ކުއްލިމަރު އިންތިހާ ދަރަޖައަށް މައްޗެވެ. މަސްތުވާތަކެތިގެ އަސީރަކަށް ވެފައިވާ މީހަކުނެތް އާއިލައެއް ހާލަކުންވެސް ނެތެވެ. ޑިޕްރެޝަނާއި އެންޒައިޓީން ކަޅިނުވެ ސަލާމަތުން ހުރި އެކަކުނެތެވެ.
ފަސާދައާއި ކޮރަޕްޝަނާއި ކުށުން ޖަރީވެފައވާ އުފާވެރި ކަމުގެ ވާހަކަ ދެއްކުމަކީ ރައްޔިތުންނަށް ކުރާ މަލާމާތެކެވެ. އުފާވެރިކަމުގެ މިންވަރު ދެނެގަތުމުގެ ނަމުގައި ބަޔަކު މީހުން ދައުލަތުން ފައިސާގަޑެއް ދަވާލަން މަހާރެހެންދި ސަޖިދާ އިސްވެހުރެ ހިންގާ ޖަރިމާއެކެވެ.
ހެޕިނަސް އިންޑެކްސް: ސާޖިދާ ހިންގާ ޖަރީމާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ