މުޒާހަރާއަށް ހަމަލާ ދިން ކަމުގެ ޝަރީއަތް ހަސީނާގެ މައްޗަށް ކުރަން ފަށައިފި

ފިއްލަވައިގެން އިންޑިއާ އިން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހު ހަސީނާގެ ވެރިކަމުގެ ފަހު ދުވަސްކޮޅު، މުޒާހަރާ ކުރި ފަރާތްތަކާ ދެކޮޅަށް ރޭވިގެން ހަމަލާދިން ކަމަށް ބަންގްލަދޭޝްގެ ޕްރޮސެކިއުޓަރުން ބުނެފި އެވެ.
އޭނާއާ ދެކޮޅަށް އޭނާގެ ގައިރު ހާޒިރުގައި ކުރާ ޝަރީއަތްތައް އިއްޔެ ވަނީ ފަށައިފަ އެވެ.
"ހެކިތައް ގާތުން ބެލުމުން، އަޅުގަނޑުމެންނަށް އެނގުނީ، އެއީ ކޯޑިނޭޓެޑް، ފުޅާ ދާއިރާއެއްގައި އަދި ރޭވިގެން ދިން ހަމަލާތަކެއްކަން،" ބަންގްލަދޭޝްގެ އެތެރޭގެ އަދި ބައިނަލްއަގުވާމީ ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)ގެ ވެރިޔާ، ޕްރޮސެކިއުޓަރު މުހައްމަދު ތާޖުލް އިސްލާމް އާދީއްތަ ދުވަހު ކޯޓުގައި ވިދާޅުވި އެވެ.
"[ހަސީނާއާ ދެކޮޅަށް ހިންގި ހަރަކާތް] ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ ހުރިހާ އިދާރާތަކަށާއި އެކަމަނާގެ ހަތިޔާރު އެޅި ޕާޓީގެ މެމްބަރުންނަށް ވަނީ ބާރުދީފައި."
ބަންގްލަދޭޝްގައި 20 އަހަރު ވަންދެން ވެރިކަން ކުރެއްވި ހަސީނާ، 77،ގެ އިތުރުން އެ ޖަރީމާ ހިންގުމުގައި ހަސީނާގެ ސަރުކާރު އިސް ދެ އޮފިޝަލަކު ހިމެނޭ ކަމަށް އިސްލާމް ވިދާޅުވި އެވެ.
އދ. އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖުލައި 2024 އިން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކުރި މުޒާހަރާގައި، ބައިވެރިންގެ އަޑުކަނޑުވާލުމަށް ހަސީނާގެ ސަރުކާރުން ހިންގި ހަރުކަށި ކެމްޕޭނުގައި ބަންގްލަދޭޝްގެ ގާތްގަނޑަކަށް 1400 މީހުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ. ބަންގްލަދޭޝްއިން ވަނީ އެ މީހުން މެރުމާ ގުޅިގެން އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ބުނެ ދައުވާ އުފުލައިފަ އެވެ. 
ހަސީނާ ވަނީ އެ ތުހުމަތުތަކަކީ ސިޔާސީ މަގްސަދެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް ވިދާޅުވެ، އެކަން ދޮގުކުރައްވައިފަ އެވެ.
މިދިޔަ އޮގަސްޓް މަހު ހެލިކޮޕްޓަރުގައި އިންޑިއާއަށް އޭނާ ފިއްލެވީ މުޅި ގައުމުގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ސަބަބުން އޭނާގެ 15 އަހަރުގެ "އަނިޔާވެރި" ވެރިކަން ނިމުމަކަށް ގެނައުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ހަމަލާދިނުމާއި ޖަލަށްލުމާއި އިދިކޮޅު ފަރާތްތަކާއި ހިޔާލު ތަފާތުވާ ފަރާތްތަކާއި ފާޑުކިޔާ ފަރާތްތަކަށް އަމާޒުކޮށްގެން މީހުން މެރުން ވެސް ހިމެނެ އެވެ.
އޭގެ ފަހުން އޭނާ ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދިއުމަށް ނެރުނު އަމުރާއި އަނބުރާ ގައުމަށް އައުމަށް ކުރި އަމުރަށް ނުކިޔަމަންތެރިވެފަ އެވެ.
އައިސީޓީން ދަނީ ހަސީނާގެ ވެރިކަމުން ދުރުކުރި ސަރުކާރާއި މިހާރު މަނާކޮށްފައިވާ އަވާމީ ލީގު ޕާޓީއާ ގުޅިފައިވާ ކުރީގެ އިސްވެރިންގެ އިތުރުން ކުރީގެ ދާހިލީ ވަޒީރު އަސަދުއްޒަމާން ހާން ކަމާލް އާއި ކުރީގެ ޕޮލިސް ޗީފް ޗައުދަރީ އަބްދުالله އަލް މަމޫންގެ މައްޗަށް ވެސް ދައުވާ ކުރަމުންނެވެ.
އައިސީޓީން ދަނީ ހަސީނާގެ އަވާމީ ލީގު ޕާޓީއާ ގުޅުން ހުރި ކުރީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް ވެސް ދައުވާ ކުރަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ދާހިލީ ވަޒީރު އަސަދުއްޒަމާން ހާން ކަމާލް އާއި ކުރީގެ ޕޮލިސް ޗީފް ޗައުދަރީ އަބްދުالله އަލް މަމޫން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ