އެމްޑީއެން އުވާލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކޮމްކޮށްފި
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ޔޫތު މިނިސްޓްރީން ނިންމި ނިންމުން ބާތިލުކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. އެމްޑީއެން އުވާލަން ސަރުކާރުން ނިންމީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަވާ ފަދަ ވާހަކަތަކެއް ހިމެނޭ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓު ޝާއިއުކުރި މައްސަލައިގައެވެ. އެ ޖަމިއްޔާ އުވާލީ އެ ރިޕޯޓުގެ މައްސަލަ ހޫނުވެ ގިނަ ބަޔަކު އެމްޑީއެން އުވާލަން ގޮވާލާ މުޒާހަރާތައް ކުރި ފަހުން 2019 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. ޔޫތު މިނިސްޓްރީން އެމްޑީއެން އުވާލީ އެ ރިޕޯޓާ ގުޅިގެން އުވާލި ޖަވާބުދާރީ ވާން ދިން ފުރުސަތުގައި ޖަވާބު ނުދިނުމުންނެވެ. ނަމަވެސް އެއީ އުސޫލާ ޙިލާފަށް ކުރި ކަމެއް ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލްއެވެ. އެގޮތުން ޖަމިއްޔާ އުވާލީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ބުނެ އޭނާ ވަނީ ޔޫތު މިނިސްޓްރީގެ ނިންމުން ބާތިލުކޮށްދޭން ކޯޓުގައި އެދިފައެވެ. އެކަމަކު ކޯޓުން ނިންމީ އެމްޑީއެން އުވާލަން ޖަމްއިއްޔާގެ ރަޖިސްޓްރާ ނިންމީ ޖަމްއިއްޔާތަކާ ބެހޭ ގާނުނުގައި ބުނާ އިޖުރާއަތު ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ކުރެއްވި ހުކުމުގައި ފާހަގަކުރެއްވި ގޮތުގައި އެމްޑީއެން އުވާލީ އެ ޖަމިއްޔާއިން ޝާއިއުކުރި ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލާ ޚިލާފު ވާހަކަތެއް ހުރުމުންކަން އެނގޭއިރު، ޖަމިއްޔާތައް އުވާލަން ރަޖިސްޓްރާއަށް ލިބޭ ބާރުގެ ބޭނުން ކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމޭނެ ހަމައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ