ވީއައިއޭގެ ރަންވޭ ވަގުތީގޮތުން ބަންދުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސަން އައި ބޯޓެއްގެ ފުރޮޅު ފަޅައިގެން ދިއުމާއި ގުޅިގެން ރަންވޭ ވަގުތީގޮތުން ބަންދުކޮށްފިއެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، ފުރޮޅު ފަޅައިގެން ދިޔައީ ފްލައި ދުބާއީގެ މަތިންދާބޯޓެއްގެ ކަމަށެވެ. އެމްއޭސީއެލްއިން ވިދާޅުވީ، 5 ޖެހުމާއި ހަމައަށް ރަންވޭ ބަންދުވާނެކަމަށެވެ. ރަންވޭ ބަންދުވުމާއެކު ޖައްސަން އައި ބައެއް ބޯޓުތައް ވަނީ އެހެން އެއަރޕޯޓް ތަކަށް ޑައިވާޓްކޮށްފައެވެ.
ރަންވޭ އަލުން ހުޅުވާނީ އެ ބޯޓު ޓޯ ކުރުމަށް ފަހުއެވެ. ރަންވޭ އަލުން ހުޅުވޭނެކަމަށް އެމްއޭސީއެލްއިން ލަފާކުރަނީ ހަވީރު 5 ގެ ފަހުންނެވެ.
އެމްއޭސީއެލް އިން ވިދާޅުވީ ފުރޮޅު ފަޅައިގެން ދިޔަ މަތިންދާ ބޯޓުގެ ފަސިންޖަރަކަށްވެސް އަދި ކްރޫއަކަށްވެސް މިހާދިސާގައި ގެއްލުންވެފައި ނުވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ