ކުނި ބިލު އަންނަ މަހުން ފެށިގެން ހިމެނޭނީ ކަރަންޓު ބިލުގައި

އަންނަ މަހުން ފެށިގެން ވެމްކޯ އިން މާލެ ސަރަހައްދުގައި ދެމުންގެންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ސްޓެލްކޯގެ ބިލުގައި ހިމަނަން އެންވަޔަރަމެންޓް މިނިސްޓްރީން ނިންމައިފި އެވެ.ވެމްކޯގެ ޚިދުމަތްތަކުން ނަގާ ފީ ކަރަންޓު ބިލުގައި ހިމަނަން ނިންމީ ކުނި އުކާލުމުގެ ޚިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމުގެ ގޮތުންނެވެ.ށް ބަލާއިރު، މާލެ ސަރަޙައްދުގައި ފީދައްކަން ޖެހޭ ޖުމްލަ 53,690 ގޭބިސީ އެބަހުރި ކަމަށާއި ނަމަވެސް ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20,000 ގޭބިސީން ކަމަށް މިނިސްޓްރީން ބުނެ އެވެ."ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްދިނުމަށާއި، އަދި ކުނި މެނޭޖްކުރުމަށް މި ގެނެވޭ ބޮޑެތި ބަދަލުތަކުގެ ޚަރަދު ބެލެހެއްޓޭނީ ޚިދުމަތް ހޯދާ ހުރިހާ ފަރާތަކުންވެސް ވެމްކޯއަށް ފީ ދައްކައިގެން ކަމުގައިވާތީވެ، އެންމެ ފަސޭހައިން، ޚަރަދުކުޑަކޮށް މި ފީ ލިބިގަނެވޭނެ ގޮތަކީ ޢާންމު ބޭނުންތަކުގެ އެހެން ޚިދުމަތެއްގެ ބިލުގައި ހިމަނާއިގެން ފީ ކަލެކްޓްކުރުމެވެ." ބަޔާނުގައި ވެ އެވެ.މިނިސްޓްރީން ބުނީ އަންނަ މަހުން އެއްވަނަ ދުވަހުން ފެށިގެން ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ޚިދުމަތްތަކަށް ކަނޑައަޅަފައިވާ ފީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލުގައި ހިމަނައިގެން ނެގުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ބަދަލާ ގުޅިގެން ސީދާ ވެމްކޯއިން މާލޭގައި ޚިދުމަތް ދެމުންގެންދާ ތަންތަނުން (ގޭ ބިސީތަކާއި ވިޔަފާރިތަކާއި، ކޯލް އެންޑް ޕިކަޕް ސާރވިސް) މިހާރުވެސް ނަގާފީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ