ލުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެރިކަމަށް ވަޑައިގެންފާނެތީ ބައެއް ވިޔަފާރިވެރިން ކަންބޮޑުވާ ކަމަށާއި ނަމަވެސް އެ ވިޔާރިވެރިން އެފަދައިން ކަންބޮޑުނުވުމަށް ގާސިމް އެދިވަޑައިގެންފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ އޭނާ ވެރިކަމަށް ވަޑައިގެންފި ނަމަ، އެއީ ވިޔަފާރިވެރިން ބިރުގަންނަން ޖެހޭ ކަމެއް ނޫންކަން ފާހަގަކުރައްވާ އެކަމާ ކަންބޮޑު ނުވުމަށް އެދިވަޑައިގެންފައެވެ.
ގާސިމް ވިދާޅުވީ އޭނާ ވެރިކަމަށް އައިސްފިނަމަ ވިޔަފާރިވެރިންނަށް ނިކަމެތިކަމެއް ލިބޭނެކަމަށް ބައެއް ވިޔަފާރިވެރިން ހީކުރާކަމަށާއި ނަމަވެސް ފުރިފައި ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާނެކަމަށެވެ.
"ވިޔަފާރިވެރިންގެ ތެރެއިން ބަައެއް ބޭފުޅުން ހިތްޕުޅަށް އަރާވައިޑައިގަންނަވާ، އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އައިމާ ތިމަންނާމެންނަށް އޮންނާނީ ވަރަށް ނިކަމެތިކަމެކޭ. އަޅުގަނޑު ދަންނަވަންތޯ، ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ ދުވަހަކު ވެސް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ޝައުގުވެރިކަން އޮތީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވުމަށްކަމަށެވެ.
ވެރިކަމަށް ވަޑައިގެންފާނެތީ ވިޔަފާރިވެރިން ކަންބޮޑުނުވުމަށް ގާސިމް އެދިވަޑައިގެންފައިވާއިރު ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީގެ ކޮންގްރެސްއިން ވަނީ ކައުންސިލަށް ލަފާ ދޭން ގަރާރެއް ފާސްކޮށްފައެވެ.
ވެރިކަމަށް ގާސިމް އަޔަސް ކަންބޮޑުނުވުމަށް ވިޔަފާރިވެރިންގާތު އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ