ރާއްޖޭގައި އިންޑިއާ ސިފާން ހަރަކާތްތެރިވޭ ތޯ: ރައީސް މައުމޫން

ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރި ވާކަން އެނގިވަޑައި ނުގަންނަވާ ކަމަށް އެމްއެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރޭ ވީޓީވީގެ “ބޮޑުފެންޑާ” ޕްރޮގްރާމްގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށާއި އަދި މިސަރުކާރުން އިންޑިއާ އާއި އެކު ގާތްގުޅުމެއް އޮންނަ ކަމަށް ގަބޫލް ކުރައްވަންތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް މައުމޫން އިރުރަށް ވިދާޅުވީ ރާާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރީ ސިފައިން ތިބެގެން ނުވާނެކަމަށާއި، އެކަމާ އެމަނިކުފާނު ދެކޮޅު ކަމަށެވެ.
ރާއްޖޭގައި އިންޑިއާގެ އެތަކެއް ސިފައިންނެއް ތިބިކަމަށް އިދުކޮޅު ޕީޕީއެމް ކޯލިޝަނުން އަންނަނީ ބުނަމުންނެވެ. ސަރުކާރުން އެތަކެއް ސިއްރު އެއްބަސްވުންތަކެއް ވެފައިވާ ކަމަށް ވެސް އަންނަނީ ބުންމުންނެވެ. މިކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އެއްބަސްވުންތަށް ހާމަ ނުކުރެވޭނެ ކަމަށާއި، އެކަން ކޮށްފި ކަމަށް ވަންޔާ ދެގައުމުގެ ދޭތެރޭ އޮންނަ ގުޅުމަށް އަސަރު ކުރާނެކަމަށް މީގެކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ