ރައީސް ދެއްވީ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ނުފޫޒު ނުފޯރުވޭނެ ކަމުގެ ޔަގީންކަން

އެހެން ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫއެެއްކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން، ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަން ނުވަތަ މައުލޫމާތު ސައްހަތޯ ބެލުމުގެ މުހިންމު މަސައްކަތްތައް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފަށާފައެވެ. https://sun.mv/223666 އެކަމަށް އިޝާރާތްކުރައްވައި ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މީގެކުރީގެ ސަރުކާރުތަކުން ހިންގި މަޝްރޫއުތަކުގައި ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ބަޔަކަށް ގޯއްޗާއި ފްލެޓް ލިބޭ ގޮތަށް ނުފޫޒު ފޯރުވާފައި އޮތް ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގެ ނިޒާމުގެ ތެރެއިން އެފަދަ ނާޖާއިޒު އެއްވެސް ކަމަކަށް ފުރުސަތު ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައިސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތެއްގެ ވެސް ޒަރޫރީ ބޭނުމަކަށް ވާތީ، ވެރިފިކޭޝަންގެ މަރުހަލާ ކުރިއަށް ދާނީ ވަކި އާއިލާއަކަށް ނުވަތަ ވަކި ފަރުދަކަށް ވަކި ސަބަބަކާ ހުރެ އިސްކަން ނުދެވޭ ގޮތަށް ކަމަށެވެ. އަދި އެކަން ކުރާނީ ހާމަކަން ބޮޑު، އިންސާފުވެރި އުސޫލެއްގެ ތެރެއިން ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. އެވަރުގެ ބޮޑު ކަމެއްގެ ތެރޭގައި އެއްވެސް ވަރެއްގެ ނާޖާއިޒްކަމެއް ހިނގައި، އަދި އެއްވެސް ކަމެއްގައި، ވަކި ކުޑަކަމެއްގައި ވެސް ހިނގައިގެން ނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިހާރު މި ހިނގާ ވެރިފިކޭޝަންގެ ތެރެއިން ވެސް ވަރަށް ބޮޑަށް ބަލާނަން އެކަންތައް ރަނގަޅަށް ގެންދެވޭތޯ، ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަޝްރޫއަށް ޖުމުލަ އެޕްލިކޭޝަންތަކުގެ އަދަދު ވަނީ 57،000 އަށްވުރެ މައްޗަށް ގޮސްފައެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 35،900 އަށްވުރެ ގިނަ ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،000 އަށްވުރެ ގިނަ ފޯމު ހިމެނެއެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިހާރު ފަށާފައިވާ ފްލެޓް މަޝްރޫއުތަކުގެ މަސައްކަތް މި ދައުރުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައި އެއްކޮށް ނިންމައި ހަވާލުކުރެވޭނެއެވެ. ކްރޮސް ވެރިފިކޭޝަންގެ މަސައްކަތްތައް ފަށާފައިވީ ނަމަވެސް، މި މަސައްކަތް އެއްކޮށް ނިންމާލެވޭނޭ ދުވަހެއް ސީދާ ބުނަން އަދި ނޭނގޭ ކަމަށް މިނިސްޓްރީން ބުނެއެވެ. މި މަސައްކަތަކީ ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. https://sun.mv/223614 މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން އެންމެނަށް ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުފުޅެކެވެ. މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު ސްކީމްތަކެއް އިފްތިތާހުކުރުމަށް ތައްޔާރުވަމުންދާކަން މިފަހުން ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ބޯހިޔާވަހިކަމަށް އިތުރު ސްކީމްތަކެއް އިފްތިތާހުކުރަން ސަރުކާރުން އުޅޭއިރު، އަހަރު ދެބައިވާން ދާއިރު ބޯހިޔާވަހިކަމުގެ ބަޖެޓުން މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އަދި ޚަރަދުކުރީ އެންމެ ފަސް ޕަސެންޓްކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ