އެސްްޑީއެފްސީ ގަންނަނީ ގާނޫނުގެ އިޖުރާއަތުގެ ތެރެއިން: ބީއެމްއެލް

މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަން މިދިޔަ ސަރުކާރުން އުފެއްދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެޖޯރިޓީ ހިއްސާ ގަންނަނީ ގާނޫނުގެ އިޖުރާއަތުގެ ތެރެއިން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ބީއެމްއެލް އިން އެހެން ބުނީ، އެ ކުންފުނިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތްތައްް ދަނީ ގާނޫނާ ހިލާފަށް ކަމަށް އެމްއެމްއޭން ކަނޑައެޅި ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ރިޕޯޓްކުރުމުން އެ ކަން ދޮގުކޮށް ނެރުނު ބަޔާނެއްގަ އެވެ.
ބުނީ ކީކޭ؟ - "ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިންގ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު،" ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ބޭންކުން މިހާރު މިވަނީ މި މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފައި ކަމަށް ވެސް ބުންޏެވެ.
އެނގުން މުހިންމު - މި ކަން އެމްއެމްއޭން ވެސް ވަނީ ދޮގުކޮށްފަ އެވެ. އެމްއެމްއޭން ބުނީ:
އެ އޮތޯރިޓީގެ އާންމު އުސޫލުތަކާ އެއް ގޮތަށް މިފަދަ މުއާމަލާތެއް ހިންގުމުގައި އަމަލުކުރަން ޖެހޭ އިޖުރާއަތްތަކަށް ބީއެމްއެލް އިން އަމަލުުރިތޯ އެ އޮތޯރިޓީން ބަލާފައިވޭ
ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މަސައްކަތްތަކަކީ ބޭންކިން ގާނޫނާ ހިލާފަށް ކޮށްފައިވާ މަސައްކަތްތަކެއް ކަން ކަނޑައަޅާފައި ނުވާނެ
ބީއެމްއެލް އިން ޔަގީންކަން ދިން ގޮތުގައި އަދި އެ ބޭންކުން ހިއްސާކުރި މައުލޫމާތުތަކުން ވެސް އެނގޭ ގޮތުގައި މި މުޢާމަލާތުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަނީ ގާނޫނުތަކާއި ޤަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީން
ފާހަގަކޮށްލެވޭ - އެސްޑީއެފްސީ، ބީއެމްއެލުން ގަތް ނަމަވެސް އެ ކުންފުނިން ހިންގަމުން އައި އެސްއެމްއީ ބޭންކުން ފޯރުކޮށްދެމުން ދިޔަ ލޯނުތައް ހަމަ އޭރު ވެސް ދެމުން ދިޔަ އިންޓްރެސްޓް ރޭޓުގައި ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ބީއެމްއެލުން ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ