ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 24) - މިހާރު ކުރިއަށްދާ ވޮޝިންޓަން އޯޕަން މުބާރާތުގައި، އުމުރުން 45 އަހަރުގެ ވީނަސް ވިލިއަމްސް މެޗެއް ކާމިޔާބުކޮށް، ޑަބްލިއުޓީއޭ ލެވަލްގެ އަންހެން ސިންގަލްސް މެޗަކުން މޮޅުވި ދެ ވަނަ އަށް އެންމެ ދޮށީ އުމުރުގެ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފި އެވެ.
ވޮޝިންޓަން އޯޕަންގެ އަންހެން ސިންގަލްސް ފުރަތަމަ ބުރުގައި ދުނިޔޭގެ 35 ވަނައިގައި އޮތް އެމެރިކާގެ ޕޭޓަން ސްޓާންސް އަތުން ވީނަސް މޮޅުވެފައިވަނީ، 6-3 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ. ސްޓާންސް އަކީ، ވީނަސް އަށް ވުރެން 22 އަހަރު ހަގު ކުޅުންތެރިއެކެވެ.
ވީނަސްގެ ރެކޯޑް ދެ ވަނައިގައި އޮތްއިރު، ޑަބްލިއުޓީއޭ ލެވަލްގެ މެޗަކުން މޮޅުވި އެންމެ ދޮށީ އުމުރުގެ އަންހެން ކުޅުންތެރިއަކީ، މާޓީނާ ނަވްރަޓިލޯވާ އެވެ. އޭނާ މި ރެކޯޑް ހެދީ 2004 ވަނަ އަހަރު، އުމުރުން 47 އަހަރުގައި މެޗަކުން މޮޅުވެގެންނެވެ.
ވޮޝިންޓަން އޯޕަންގައި ވީނަސް އަށް އެންޓްރީ ދިނީ ވައިލްޑްކާޑު ފުރުސަތެއްގަ އެވެ. ޓެނިހުގެ ބޮޑެތި މުބާރާތް ކަމަށްވާ ގްރޭންޑް ސްލޭމް ހަތް ތަށި ހޯދާފައިވާ ވީނަސް ޕްރޮފެޝަނަލް މެޗުތަކުގައި މި ކުޅެނީ ދިގު ބްރޭކަކަށް ފަހު އެވެ. އޭނާ މި މުބާރާތުގެ ކުރިން އެންމެ ފަހުން މި ލެވަލްގައި ކުޅެފައިވަނީ، މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. އެހެންކަމުން، މިއީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެނބުރި އައިސް ވީނަސްގެ ފަރާތުން ފެންނަ މޮޅު ކުޅުމެކެވެ.
މި މެޗުގެ ކުރިން، އެންމެ ފަހުން، ވީނަސް، ސިންގަލްސް މެޗަކުން މޮޅުވެފައިވަނީ، 2023 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.
އުމުރުން 45 އަހަރުގައި މޮޅެއް ހޯދައި ވީނަސް އަށް ރެކޯޑެއް އުމުރުން 45 އަހަރުގައި މޮޅެއް ހޯދައި ވީނަސް އަށް ރެކޯޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ