މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ އދ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށެވެ.
އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މެންދުރު 13:15 އިން ހަވީރު 18:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ އެވަގުތު ތަކުގައި އެ ސަރަހައްދަށް ބޯކޮށްވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން މިއަދުގެ މޫސުން ލަފާކޮށް ބުނެފައިވާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާ، އަދި މެދުރާއްޖެ ތެރެއާއި ދެކުނަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި އެހެން ސަރަހައްދުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ.
ހަމައެހެންމެ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ލަފާކޮށްފައުވެއެވެ.
މީގެ އިތުުރުން ދެކުނުގެ އަތޮޅުތަކަށް ކަނޑު މަޑުވާނެ ކަމަށާ ނަމަވެސް، އެހެން ސަރަހައްދު ތަކަށް އާދައިގެން ވަރަކަށް ކަނޑު ގަދަވެ ވިލާގަނޑުގައިވެސް ކަނޑު ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަަށް ހުދު ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ