ގދ. ގަމުން ޑިންގީއެއްގައި ފުރި މީހަކު ގެއްލިގެން ހޯދަން ފަށައިފި ގދ. ގަމުން ޑިންގީއެއްގައި ފުރި މީހަކު ގެއްލިގެން ހޯދަން ފަށައިފި

ގދ. ގަމުން ޑިންގީއެއްގައި ފުރި ދުވަސްވީ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަން މިއަދު ފަށައިފި އެވެ.
ފުލުހުން ބުނީ 75 އަހަރުގެ އެ މީހާ ގދ. ގައްދޫ އިން ގަމަށް ޑިންގީގައި ފުރީ މިއަދު ހެނދުނު ކަމަށެވެ. އޭނާގެ ހަބަރެއް ނުވެގެން ރިޕޯޓުކުރީ މިއަދު ހަވީރު 5:05 ގައި ކަމަށް އެ އިދާރާއިން ބުންޏެވެ.
ފުލުހުން މިހާތަނަށް ބެލި ބެލުމުން އެ މީހާ 11:15 ހާއިރު ގަމުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ އަތް ކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއް ކަމަށެވެ.
އެ މީހާ ހޯދުމަށް އެމްއެންޑީއެފް ސައުތު ރީޖަން ކޯސްޓްގާޑުން ބޭރު ކަނޑުގެ ސަރަހައްދުގެ ދަނީ ބަލަމުންނެވެ. އަދި ފުލުހުން އޭނާ ހޯދުމަށް ގަމާއި ގަން ކައިރި ފަޅު ރަށްތައް ދަނީ ބަލަމުންނެވެ.
މިއަދު މެންދުރުން ފެށިގެން ދެކުނަށް މޫސުން ގޯސްވުމުގެ ސަބަބުން އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވެ އެވެެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އޮތީ ހުދު ސަމާލު ނެރެފަ އެވެ.
މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މޫސުން ގޯސްވާނެ ކަމަށެވެ. މިގޮތުން ވިލާގަނޑުގައި ވައި ބާރުވެ ބޯކޮށް އެކި ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ