މިނިވްނަ ދުވަހުގެ އުފާތައް ޙާޞިލުކުރަމުންދާ މިއަދުވެސް އެއްބައަކު ތިބީ ކުނިމޫނު ދައްކައިގެންނެވެ. އެއީ އެމީހުންގެ ރޫޙާނީ ލީޑަރުން ވެރިކަމުގައި ނެތަތީއެވެ. ޤައުމުގެ މިނިވްނަކަމާއި އިސްތިޤްލާލާއި އަދި ވަޠަނީ ރޫޙަށްވުރެ އެމީހުންނަށް މުހިންމީ އެމީހުންގެ ރޫޙާނީ ލީޑަރުންނެވެ.
ޤަބޫލުކުރަން ބޭނުންވިޔަސް އަދި ނުވިޔަސް މިއަދުގެ ޙާލަތަކީ ހިތާމަކުރަންޖެހޭ ޙާލަތެކެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލާއި ދިވެހި ވަންތަކަމުގެ ކުރިއަށް ތިމާ ތާއީދުކުރާ ސިޔާސީ ޕާޓީގެ ވިސްނުމާއި ފިކުރު މިވަނީ ނެރެވިފައެވެ. އެހެންވެ ވިސްނެނީ ޤައުމީ ވިސްނުމަކުން ނޫނެވެ. ޕާޓީގެ ވިސްނުމުންނެވެ. ޤައުމު ކުރިއަރައިދިއުމަށްވުރެ ބޮޑަށް އެދެވެނީ ތިމާ ހުރި ޕާޓީއަށް ވެރިކަމުގެ ބާރުތައް ލިބުމަށެވެ.
މުސްލިމް ޤައުމުތަކުގެ މިނިވަންކަން ގެއްލި އަޅުވެތިވެފައިވާ ސަބަބުތަކަށް ބަލާށެވެ. މިއަދު ކުރިމަތިވެފައިވާ ހިތާމަވެރި ޙާލަތު ކުރިމަތިވެފައިއެވަނީ ކޮންމެ ނަމެއްގައި ނަމަވެސް ކުރިން މިބަޔާންކުރި ވިސްނުން ރައްޔިތުންގެ ތެރޭގައި ފެތުރުނީތީއެވެ. މިހެދުނީ އެންމެ ބޮޑު ގޯސްކަން އެނގޭނީ ލިބެން އޮތް އެންމެ ބޮޑު ދެރަ ލިބި ނިމޭފަހުންނެވެ.
މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ކޮންމެ ރައްޔިތެއްގެވެސް ޢަޒުމަކަށް ހަދަންޖެހޭނީ ޤައުމުގެ މިނިވަންތަކާއި އިސްތިޤްލާލް ޙިމާޔަތްކޮށް ދިވެހިންގެ ވަޠަނީ ރޫޙް އާލާކުރުމެވެ. ތިމާ ރުހޢ ރޫޙާނީ ލީޑަރުން ކުރިއަރުވަން މަސައްކަތްކުރުމުގެ ބަދަލުގައި ޤައުމީ ލޯބި އިސްކުރުމަށެވެ. އިސްލާމް ދީނަށް ނަޞްރު ދިނުމަށެވެ.
މިއަދު މިފެންނަ މަންޒަރަކީ ތިމާ ރުހޭ ރޫޙާނީ ލީޑަރު ޤައުމަށް ކިތަންމެ ބޮޑު ޚިޔާނާތްތެރިވެ ދީނަށް ކިތަންމެ ބޮޑު ގެއްލުމެއް ދިންނަމަވެސް އެކަމަށް އަނގައިން ނުބުނެ ތިބޭތަނެވެ. އިވެނީ އެކަން ދިފާޢުކޮށް ދައްކާ ވާހަކަތަކުގެ އަޑެވެ. މިކަންކަން މިގޮތަށް ކުރެވޭނަމަ ނަމުގައި މިނިވަން ކިޔަސް ޙަޤީޤީ މިނިވަންކަމުގައި ދެމި ނުތިބެވޭނެއެވެ.
ވީމާ އެންމެންވެސް މިއަދު މަސައްކަތްކުރަންޖެހިފައި އޮތް އެންމެ ބޮޑު ކަމަކީ އެމީހެއްގެ ވިސްނުން ރޫޙާނީ ލީޑަރުންގެ އަޅުވެތިކަމުން ސަލާމަތްކުރުމެވެ. މާތް ﷲ ދިވެހި ރައްޔިތުންނަށް ހެޔޮ ވިސްނުން މިންވަރުކުރައްވަވާށި! އާމީން
ދިވެހި ރައްޔިތުންނަކީ މިނިވަނަކަމަށާ ވަޠަނަށް ލޯބިކުރުމުގަ ނަމޫނާ ބައެއް! އެކަން ފުނޑުފުނޑުކުރަނީ ސިޔާސީ ޕާޓީތަކުގެ ފިކުރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ