އެންމެ ގިނަ ހެޔޮކަން ހިފައިގެން ﷲ ގެ ޙަޟްރަތަށްދާން ބޭނުންވާ މީހުން އެންމެ ކުޑަމިނުން ނިކަން މިޛިކުރު ކިޔާބަލަ!

ފާފަފުއްސަވައި ދެއްވެވުމަށް އެދިގެން ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ބުނެބަލަ!  
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުމުން އެކަނިވެސް ފުދިލައްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ. މިނޫންވެސް ލުއި ފަސޭހަ ގޮތްތައް އެބަހުއްޓެވެ.
ދުނިޔޭގައި އުޅެން ދެއްވަވާ ކުރު މުއްދަތުގައި އެންމެ ބޮޑަށް މަސައްކަތްކުރަންވީ ދުނިޔެއިން ނުކުންނައިރު ވީހައި ގިނަ ހެޔޮކަން ހިފައިގެން ނުކުތުމަށެވެ. ވާދަކުރަންވީ އެކަމަށެވެ. ޞަޙާބީންނާއި އެއިގެ ފަހުގެ މުސްލިމުން އަޅުކަމުގައި ވާދަކުރެއްވެވި މިންވަރު ނިކަންދެކިބަލާށެވެ!
سُبْحَانَ اللَّهِ وَبِحَمْدِهِ 
ހެނދުނާއި ހަވީރު 100 ފަހަރު ކިޔުމުން އެމީހެއްގެ ފާފަތައް ކިތަންމެ ގިނަ ނަމަވެސް ފުއްސަވައި ދެއްވަވާނެކަމަށް ޙަދީޘްފުޅުގައި އޮތުމުން ހުރިހާ ފާފަތަކެއް ފުހެވި އެންމެ މަތީ ދަރަޖަ ހޯއްދެވުމުގެ ބޭނުންފުޅުގައި މިފަދަ އިސްމްފުޅުތައް ދުވާލަކު 5000 ، 6000 ފަހަރު ވިދާޅުވި ބޭކަލުންނާއި ބޭކަނބަލުން ތިއްބެވިއެވެ. އެންމެ ކުރި ހޯއްދެވުމަށެވެ.  
Narrated Abu Huraira:
Allah's Messenger (ﷺ) said, "Whoever says, 'Subhan Allah wa bihamdihi,' one hundred times a day, will be forgiven all his sins even if they were as much as the foam of the sea.  
ޙަދީޘްފުޅުގައިވެއެވެ.
"ހެނދުނާއި ހަވީރު 
سُبْحَانَ اللَّهِ وَبِحَمْدِهِ
މާނައީ: ﷲގެ ހުސްޠޯހިރުވަންތަކަމާއެވެ! ހުރިހާ ޙަމަދެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ!) މިފަދައިން 100 ފަހަރު ކިޔައިފި މީހާ (ދަންނާށެވެ!) އޭނާއަށްވުރެ ވަކިން ބޮޑު ހެޔޮކަމަކާއިގެން އައި ދެވަނަ މީހަކު ޢިޔާމަތް ދުވަހުން ނުހުންނަހުއްޓެވެ. އެކަމަކު ހަމައެކަލިމަތައް އެ ޢަދަދަށް ނުވަތަ އެއަސްވުރެ ގިނައިން ކިޔެވި މީހަކު މެނުވީއެވެ!"
- ރިޔާޟުއްޞާލިހީން: 1451 
ވީމާ އެބޭކަލުން އެވާދަކުރެއްވެވީ ޤިޔާމަތްދުވަހު ﷲ ތޢާލާގެ ދަރުބާރަށް ޙާޒިރުވެވަޑައިގަންނަވާއިރު އެންމެ ގިނަ ހެޔޮކަން ހިއްޕަވައިގެން ވަޑައިގަތުމަށެވެ. 
ސުވާލަކީ މިއަދު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެމީހާގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެ ޢަމަލެއްކަން އެނގެން އޮތްއިރު އެންމެ މަދުމިން ކަމުގައިވާ 100 ފަހަރު (ދެއިރުމަތިން 200 ފަހަރު) ކިޔައިލެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟  ނަމަވެސް ދުނިޔަވީ ކަންކަމުގައި ކުރިއަރައިދާން ބޭނުންވެ ވާދަކުރަން ރިބާ ހިމެނޭ ލޯނުތައް ނަގަނީ އެއްވެސް ބިރުވެތިކަމެއް ނެތި ނޫންހެއްޔެވެ؟
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ