ސަނީއަށް ފަރުހާންގެ ބޮޑު ފިލްމެއް
ބޮލީވުޑްގެ ދުވަސްވީ އެކްޓަރު ސަނީ ޑިއޯލްއަށް ފިލްމު ޑައިރެކްޓަރު/އެކްޓަރު ފަރުހާން އަހުތަރުގެ ފިލްމު ކުންފުނި އެކްސެލް އެންޓަޓެއިންމަންޓްއިން އުފައްދާ ބިޔަ ޕްރޮޖެކްޓަކުން ފުރުސަތު ލިބިއްޖެއެވެ. މި ފިލްމަކީ ސަނީއާއި ފަރުހާން އެކީގައި މަސައްކަތް ކުރާނެ ފުރަތަމަ ފިލްމެވެ. ފަރުހާންގެ އެކްސެލް އެންޓަޓެއިންމަންޓާއި ރިތޭޝް ސިދުވާނީގެ ޕްރޮޑަކްޝަން ހައުސް ގުޅިގެން އުފައްދާ މި ފިލްމު ޑައިރެކްޓްކުރާނީ ބާލާޖީއެވެ. ބާލާޖީއަކީ ވަރަށް ގިނަ ތަމަޅަ ފިލްމުތަކެއްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. މި ފިލްމު ވެގެންދާނީ ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައި ބާލާޖީ މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. ފިލްމު "ޖާޓް"ގެ މަންޒަރެއްގައި ސަނީ--ފޮޓޯ/ފިލްމުފެއަ ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ފަރުހާން އުފައްދާ މި ފިލްމަކީ ސަނީގެ ސިގްނޭޗަ ސްޓައިލްގައި ގެނެސްދޭ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. މި އަހަރުގެ ޑިސެންބަރު މަހު މި ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނައިރު ސަނީ ވަނީ ދާދިފަހުން އޭނާ މަސައްކަތް ފެށި ފިލްމު "ބޯޑާ 2"ގެ ޝޫޓިން ނިންމާފައެވެ. ސަނީގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެތެރޭ "ލާހޯރު 1947"، ޖާޓު"ގެ ސީކުއަލް ފިލްމު އަދި "ރާމާޔަން"ގެ ދެ ބައި ހިމެނެއެވެ. ބެލެވޭ ގޮތުގައި ފަރުހާންގެ ބިޔަ ޕްރޮޖެކްޓްގެ މަސައްކަތަށް ސަނީ ވަގުތު ހުސްކުރާނީ މި ފިލްމުތަކުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށް ނިންމާލުމަށް ފަހެވެ. ފަރުހާންގެ އެކްސެލްއިން ދާދި ފަހުން އިއުލާނުކުރި ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ފިލްމަކީ އެ ޕްރޮޑަކްޝަން ހައުސްއިން އިއުލާނުކޮށްފައިވާ ފިލްމު "ޑޮން 3"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ