ރާއްޖޭގެ އިންޝުއަރެންސް ދާއިރާގެ ޖުމްލަ ފައިދާ 92 ޕަސެންޓް އިތުރުވެއްޖެއެވެ. މިއީ 136 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
އެލައިޑުގެ 34 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި އޮތް "އެލައިޑް ސްޕެޝަލް އިވެންޓު" ގައި ވާހަކަފުޅު ދައްކަވަމުން މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު ނަސީރުވިދާޅުވީ އިންޝުއަރެންސް ދާއިރާގެ ޖުމްލަ އަގު 800 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އަދި މި ދާއިރާގެ ހަތަރު ކުންފުންޏެއް ރާއްޖޭގައި ހުރި އިރު، ޖުމްލަ އެސެޓް ހަތް ޕަސެންޓުގެ އިތުރުވުމަކާއެކު 1.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައި ކަމަށެވެ.
ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ ކުރިއަރަމުން މި އަންނަނީ ވަރަށް ބާރު މިނެއްގައި ކަމަށާއި، ގިނަ ކުރިއެރުންތަކެއް ހޯދަމުން ދާ ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ އިންޝުއަރެންސްގެ ގާނޫނެއް ހެދުމުގެ ގޮތުން ކަމާބެހޭ އިދާރާއަށް އެ ބިލް ފޮނުވާފައިވާނެ ކަމަށެވެ.
"އިންޝުއަރެންސް ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅަށް ދެނެގަތުމަށްޓަކައި ގަވައިދެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން. އިރާދަ ކުރެއްވިއްޔާ މި އަހަރު އެ ރެގިއުލޭޝަނަށް އަމަލު ކުރަން ކުރަންޖެހޭ ކަންތައްތައް ކުރެވޭނެ،" ނަސީރު ވިދާޅުވިއެވެ.
ދާއިރާ ފުޅާ ކުރުމަށް އިންޝުއަރެންސް ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށާއި ކުންފުނިތަކުގެ ކޯޕަރޭޓް ގަވަރުނަންސް ހަރުދަނާ ކުރުމުގެ ގޮތުން އެކަމަށް ހާއްސަ ގަވާއިދެއް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވިދާޅުވިއެވެ.
ނިންމާލަމުން ނަސީރު ވިދާޅުވެފައި ވަނީ ރާއްޖޭގެ އިންޝުއަރެންސް މާކެޓުގެ ބޮޑު ބައެއްގެ ހިއްސާ އޮތީ އެލައިޑުން ނަގާފައި ކަމަށާއި ރާއްޖޭގައި ލައިފް އިންޝުއަރެންސް ދޭ ހަމައެކަނި ކުންފުންޏަކީ އެލައިޑް ކަމަށެވެ.
ރާއްޖޭގެ އިންޝުއަރެންސް ދާއިރާގެ ފައިދާ އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ