17 ވަނަ މަޖިލިސް މެންބަރުންނަށް ގާސިމް ޕާޓީއެއް ބާއްވައިދެނީ

ނިމިގެންދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގައުމަށްކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފެއާވެލް ޕާޓީއެއް ބާއްވަން ނިންމައިފި އެވެ.
ގާސިމް އެކަން އިއުލާންކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ.
ގާސިމް ޓުވިޓާގައި މިއަދު ވިދާޅުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށްގެން ބާއްވާ ޕާޓީއަކީ އެ މެންބަރުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަށާއި ގައުމަށްކޮށްދީފައިވާ އަގު ނުކުރެވޭ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވަވާ ޕާޓީއެކެވެ.
އެޕާޓީ ބާއްވާނެ ތަނަކާއި ތާރީހެއް ގާސިމް އިއުލާންކުރައްވާފައެއް ނުވެ އެވެ.
ނަމަވެސް އެމްވީޔޫތަށް އެނގިފައިވާ ގޮތުގައި 18 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުމުގެ ކުރިން މި ޕާޓީ ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ މަހުގެ ކުރީކޮޅު މި ފެއާވެލް ޕާޓީ ބާއްވާނެކަން އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ