ދެ ފިހާރައަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދާ ބަޔަކު ހައްޔަރުކޮށްފި

ރައްޔިތުންނަށް އަމާން މުޖުތަމަޢުއެއް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބ. އަތޮޅު ދަރަވަންދޫ ދެ ފިހާރައަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހަނަކާއި 25 އަހަރުގެ ފިރިހެނެއްގެ އިތުރުން 29 އަހަރުގެ ފިރިހެނެއް ކަމަށާއި މިއެންމެނަކީވެސް ދިވެހީން ކަމަށެވެ.
މި 4 މީހުން ހައްޔަރުކޮށްފައިވަނީ ބ.ދަރަވަންދޫ ދެ ފިހާރައެއް ފަޅާލައި އެތަނުން ވައްކަންކޮށްފައިވާކަމަށް ބުނެ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލަކާ ގުޅިގެން އެ ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ކަމަށާއި އެ ދެފިހާރައިން ވަގަށް ނަގާފައިވާ ތަކެތި ހޯދާފައިވަނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ 4 މީހުން ދިރިއުޅެމުންދާ 5 ގެއަކަށް ކޯޓު އަމުރެއްގެ ދަށުން ވަދެ އެ ގެތައް ބަލައިފާސްކުރުމުން އެގެތަކުގެ ތެރެއިން ކަމަށް ފުލުހުން ބުޏްނެވެ.
އެގޮތުން އެ ދެފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ -/300ރ (ތިން ސަތޭކަ ރުފިޔާ) އާއި 6 ބޮޑު ސްޕްރޭ ފުޅިއާއި 5 އާފްޓަރ ޝޭވް ފުޅިއާއި 1 ކެމަލް ބްރޭންޑުގެ ސިނގިރޭޓް ކާޓޫނެއްގެ އިތުރުން -/10000ރ (ދިހަ ހާސް ރުފިޔާ) ފެނިފައިވާ ކަމަށްވެސް ފުލުހުން ބުޏްނެވެ.
މި މައްސަލަ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ