މައިލޯ އިންޓަރ ސްކޫލް 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ.
ޖުމްލަ 4 ޓީމު ބައިވެރިވެފައިވާ މި މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ މެޗުގައި ބައްދަލުކުރީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމާއި ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްސީ)އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 0-0 އިން ދެޓީމު އެއްވަރުގެންނެވެ.
މިފަހަރު މުބާރާތުގައި ބައިވެރިވެފައިވަނީ އަތޮޅު ތެރެއިން 1 ޓީމާއި މާލެއިން 3 ޓީމެވެ. އަތޮޅު ތެރެއިން ބ. އަތޮޅު ތައުލީމީ މަރުކަޒު 7 އަހަރުގެ މެދުކެޑުމަކަށް ފަހު ބައިވެރިވެފައިވާއިރު މާލެއިން ބައިވެރިވެފައިވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ސީއެޗްއެސްސީ އާއި އެންމެ ފަހުގެ ޗެމްޕިއަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ބައިވެރިވި ޓީމުތަކުގެ އަދަދު މަދެވެ.
މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުރިހާ ޓީމެއް ބައްދަލުކޮށް އެންމެ މޮޅު ދެ ޓީމު ފައިނަލްގައި ބައްދަލުކުރާ ގޮތަށެވެ.
18 އަހަރުން ދަށުގެ މުބާރާތުގެ ކުޅުން މިއަދު ފެށިއިރު، 14 އަހަރުން ދަށުގެ މުބާރާތް މީގެ ކުރިން ވަނީ ފަށާފައެވެ.
އިންޓަރ ސްކޫލް 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ