ޖަލްސާގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން މެމްބަރު އަސްމާ އަށް އިންޒާދު ދީފި

ޕީ.ޕީ،އެމް ކެމްޕެއިން އޮފީހުން އިންތިޒާމް ކޮށްގެން ރޭ ބޭއްވި ކަނބަލުންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދަށް އިންޒާރުދީފިއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ އޮފީހުގައި ދާދިދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ ޕާޓީގެ ވަކިވަކި ބޭފުޅުންނަށް އިންޒާރުތައް ދެމުންދާކަމުގެ މައުލޫމާތު މިހާރު ލިބެމުންދާ ކަމަށެވެ.
"އަސްމާ އަކީ އެހެން މީހަކު ދައްކާ ވާހަކައަކަށް ބިރު ގަންނަވަރުގެ ބޭފުޅެއް ނޫން. މި ޤައުމާ ރައްޔިތުންގެ ހައްޤުގައި، ހަރުދަނާކަމާއި ސާބިތުކަމާއެކު، އެކަމަނާ ނިކުމެވަޑައިގެން އެ ހުންނެވީ އެއްގޮތަކަށްވެސް ފަސްޖެހިވަޑައިގަންނަވާ ގޮތަކަށް ނޫން." އަސްމާއަށް ދެއްވަމުންދާ އިންޒާރުތަކާއި ގުޅިގެން އަދުރޭ ވިދާޅުވިއެވެ.
އިންޑިއާގެ ނޫހަކަށް 10000 އިންޑިއަން ރުޕީސް ދިނަސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިލައްވާ ކަހަލަ ޚަބަރު ޖެހިދާނެ ކަމަށާއި، އިންޑިއާއާއި އެންމެ ބޮޑެތި ޤައުމުތަކުންވެސް ދިވެހިން ދެކެ ވަރަށް ލޯބިވާކަމަށް ވިދާޅުވެ، ރޭގެ ޖަލްސާގައި އަސްމާ ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީސް ހުޅުވޭއިރު ސަރުކާރުގެ އަޤްލަބިއްޔަތު އޮންނާނެ ކަމަށާއި، އިދިކޮޅު މެންބަރުންވެސް އަންނަން ޖެހިވަޑައިގަންނާނެ ކަމަށް އަދި އެހެން ނޫންނަމަ އެ މެމްބަރުންގެ ދާއިރާތަކަށް އަރާވަޑައިނުގަނެވޭނެ ކަމަށްވެސް އަސްމާ ވަނީ ވިދާޅުވެފައެވެ.
"ރަށަށް ދިޔައީމަ މޫދަށް ފައްތާނެ. ކަރުގައި ކަރުގޮހޮރު ނޭޅުވިއްޔާ ދެރަ." ސަރުކާރާ އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށް ދެއްވި ހޫނު ރައްދުގައި އަސްމާ ވިދާޅުވިއެވެ.
 
"ނާކާމިޔާބުވި ބަޣާވާތަށް" އިޝާރާތް ކުރައްވާ އަދުރޭ ވިދާޅުވީ، ކިތަންމެ ނުރައްކާތެރި ހާލަތެއްގައިވެސް ޓީމެއް ގޮވައިގެން މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ރައީސް ޔާމީންގެ ކިބައިގެން ހުންނެވިކަން ދައްކުވާފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ