ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ، ރައްޔިތުން ބޭނުންވާކަންކަން ކޮށްދިނުމަށްޓަކައި، ރައްޔިތުން ވޯޓު ދީގެން އިންތިޚާބްކޮށްފައި ތިބި ބައެކެވެ.ރައްޔިތުން އެބޭފުޅުންނަށް އެމަގާމާއި ޝަރަފު ދެއްވީ ރައްޔިތުންގެ ހެވާ ލާބަޔަށް އެދިގެން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަމާއެކުގައެވެ. އެބޭފުޅުންނަށް ރައްޔިތުން ތަމްސީލް ކުރުމުގެ ބާރު ރައްޔިތުންނަށް ދިނީ އެއްވެސް ހާލެއްގައި މަޖިލީހުގެ ތެރޭގައި ފުށްލައިގެން ބިހާއި ކުޅޭކަށްނޫނެވެ. އެހެންނަމަވެސް މިއަދު ފެންނަމުން މިދަނީ ރައްޔިތުންގެ މަޖިލީހަކީ ގުޅަކުޅޭ ފަސްގަނޑަކަށް ހަދަން އިދިކޮޅު މެމްބަރުން މަސައްކަތް ކުރަމުން އަންނަ މަންޒަރެވެ. ބޮޑު މުސާރައެއް ނަންގަވައިގެން، ހަވާލުކުރެވިފައިވާ ޒިންމާ އަދާ ކުރެއްވުމުގައި ބަދަލުގައި އެޒިންމާއިން ރެކި، އަމިއްލަ މަސްލަަހަތު އިސްކޮށް، ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމަށްޓަކައި، ރައްޔިތުންގެ މަޖިލިސް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާ މަންޒަރު ރައްޔިތުންނަށް މިއަދު ފެނިގެން ހިނގައްޖެއެވެ.ނޫކުލައިގެ ކޮތަޅަށް ކުކުޅު ބިސް އަޅައިގެން ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މެމްބަރުން އެވަޑައިގަންނަވަނީ، ބިސްގަނޑު އަޅުއްވަންތޯ މިއީ އުފެދޭ ސުވާލެކެވެ. ނުވަތަ މިއީ ވިޔަފާރި އުސޫލުން ވިއްކުމަށްޓަކައި، މަޖިލީހުގެ ތަޅުމަށް އެތެރެކުރި ބިސްތަކެއް ކަމަށް ވާނަމަ، އެކުރެއްވެނީވެސް ޤާނޫނީ ގޮތުން މަނާކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިންނަވާ ގޮނޑިކޮޅަށް ބިސްޖަހާ، ނުވިތާކަށް މުޅި މަޖިލިސްތެރެ ބިހުގެ ވަހުން އެއްވަސްކޮށްލި މަންޒަރު މިއަދު ރައްޔިތުން މިވަނީ ދެކިފައެވެ. މަޖިލީހުގެ ތެރޭގައި ސަރުކާރާއި އިދިކޮޅު މެމްބަރުން މިސަކަރާތް ޖައްސަވައިގެން ހާސިލް ކުރައްވަން އެއުޅުއްވަނީ ކޮން މަގުސަދެއްތޯ؟ އެބޭފުޅުން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު، އެއޮރި ނޭފަތް ތެދު ކުރެއްވީވެސް، ރައްޔިތުންނަށްޓަކާތޯ މިއީވެސް މިހާރު ރައްޔިތުން އުފައްދާ ސުވާލެކެވެ. މަޖިލީހުގެ ތެރޭގައި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، އެމަންޒަރުތައް ފޭސްބުކް މެދުވެރިކޮށް ލައިވް ކުރަމުން ގެންދިއުމަކީ މިއަދު އެބޭފުޅުންގެ މަސައްކަތްތޯއެވެ؟ މިކަންކަމުން ރައްޔިތުންނަށް ލިބެނީ ކޮން މޮޅެއްތޯ؟
މިއަދު މަޖިލިސް ތެރޭގައި ބިސް ޖަހާފައި.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި މިއަހަރުގެ 2 ވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ރ އިނގުރައިދޫ ދައިރާގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކަރާމަތް ނަގާލާ މަޖިލީހުގެ ތަޅުމުގައި ސަަކަރާތް ޖައްސަވަން މަސައްކަތް ކުރައްވަނީ ކޮންބައެއްކަން ރައްޔިތުންނަށް ވަރަށް ސާފު ކަަމަށެވެ. އެގޮތުން، މިއަދު މަޖިލީހުގައި ނެގި ވޯޓުގައިވެސް އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެފައިނުވާކަން ފަލާހްވަނީ ފާހަގަކުރައްވާފައެވެ. މަޖިލީހުގައި މިއަދު ހިންގި ބިހުގެ ކުޅިވަރާބެހޭގޮތުން ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު މިއަމަލުތައް ސިފަކުރެއްވީ ވަރަށްވެސް ދަށުދަރަޖައިގެ އަމަލުތަކެއްގެ ގޮތުގައެވެ.ޔާމީން ވިދާޅުވީ މަދު މެމްބަރުންތަކެއްގެ މިފަދަ އަމަލުތަކުގެ ސަބަބުން ބަދުނާމް ވެގެން ދަނީ މުޅި މަޖިލިސް ކަމަށާއި މިފަދަ އަމަލްތައް ރައްޔިތުންގެ ހައްގުގައި ހުއްޓާލަން ޖެހޭ ކަމަށެވެ. ސަރުކާރާއި އިދިކޮޅު މެމްބަރުން މަޖިލީހުގެ ތެރޭގައި ފަހަކަށް އައިސް ހަޑިހުތުރު އަމަލުތަކެއް ހިންގަވަމުން އަންނައިރު، އެތައް ރައްޔިތުންނެއް ސޯޝަލް މީޑިޔާގައި މިކަންކަމާއި ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ކޮށްފައިވާ ޓްވީޓްތަކުގައި މަޖިލިސް ސިފަކޮށްފައިވަނީ މަސްމާރުކޭޓެއް ނުވަތަ ޒުލެއް ފަދަ ތަންތަނުގެ ގޮތުގައެވެ. މިއީ ހަމަ ޔަގީނުންވެސް އިތުރު ދައުރަކަށް އިންތިހާބްވާން ބޭނުންވާ މެމްބަރުން ވިސްނާލަން ޖެހޭ ކަންތައްތަކެކެވެ. މިއަދު މަޖިލީހުގެ ބިސް ޖެއްސެވި އިދިކޮޅު މެމްބަރުންނަށް، ދެން ރައްޔިތުން ފުރުސަތު ދީފާނެތޯ މިއީ އުފެދޭ ސުވާލެކެވެ.
މަޖިލީހަށް ބިސް ޖަހާފައި. ފޮޓޯ/ ޓްވިޓަރ
ފަތޯނާ ފާއިޒް
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
×
އެންމެ ފަހުގެ
އެންމެ މަގްބޫލު
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
57 މިނެޓް ކުރިން
ޖަނަވަރީ ޓްރާންސްފަގައި 430 މިލިއަން ޕައުންޑް!
4 ގަޑި ކުރިން
ޤައުމީ ޔުނިވަސިޓީގެ ނާސިން ސްކޫލް އިފްތިތާހް ކޮށްފި
6 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
ބީއެމްއެލްގެ އަހަރެންގެ ބޭންކް ކެމްޕޭން ރަސްމީކޮށް ފަށައިފި
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
ސިނާންއާއި އިލްހާމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި
15 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ އިދިކޮޅު އެމްޑީޕީއަށް ހަޖަމެއް ނުވި!
13 ގަޑި ކުރިން
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
57 މިނެޓް ކުރިން
އީޔޫއިން ފަލަސްތީނުގެ ދައުލަތް ޤާއިމް ކުރުމަށް އެހީތެރިވަނީ
15 ގަޑި ކުރިން
ގުޅުން ހުރި
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
57 މިނެޓް ކުރިން
122
0
ޤައުމީ ޔުނިވަސިޓީގެ ނާސިން ސްކޫލް އިފްތިތާހް ކޮށްފި
6 ގަޑި ކުރިން
26
0
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
758
1
40 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަޢައްޔަރު ވެފައިވާ ފެނުގެ ނިޒާމު ރަނގަޅު ކޮށްދެއްވީ ރައީސް ޔާމީން: ޒަރީރު
8 ގަޑި ކުރިން
17
0
އިދިކޮޅު މެމްބަރުންނަށް ރައްޔިތުން ވޯޓް ދިނީ ބިހުގެ ކުޅިވަރު ކުޅެންތޯ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ