އެމްޑީޕީ ހިތަދޫ މެދު ދާއިރާގެ ރައީސް މޫސަ ދޫކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫގައި މިއަދު ބޭއްވި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ގެންދިޔަ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ ގޮފީގެ ރައީސް މޫސާ މުހައްމަދު ދޫކޮށްލައިފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް މޫސަ ގެންގޮސްފައި ވަނީ ކުރިން ހުއްދަ ހޯދުމަކާއި ނުލައި މަގުމަތީގައި މުޒާހަރާ ކުރި ކަމަށް ބުނެއެވެ.
މޫސަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ފުލުހުންގެ ވެހިކަލް ތެރެއަށް ވެއްޓުމުގެ ސަބަބުން އޭނާއަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ