ކުރީގެ ރައީސް މައުމޫން މެލޭޝިޔާއަށް ފުރައިވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.
އެކަން ހާމަކުރައްވާ ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މިރޭ މެލޭޝިއާއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި މައުމޫންގެ އެދަތުރުފުޅަކީ އެމަނިކުފާނުގެ ބޭސްފަރުވާއަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، ބޭސްފަރުވާއަށްފަހު ހަފްތާއެއްގެ ތެރޭގައި އެނބުރި މާލެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
މަޢުމޫނު މިރޭ ފުރާވަޑައިގެންނެވިއިރު ދަރިކަލުން ފާރިސް މަޢުމޫނުގެ މައްޗަށް ކުރަމުން ގެންދާ ތަޙުޤީޤަކާއި ގުޅިގެން ޖަލު ބަންދުގައި ބެހެއްޓުމަށްފަހު ދާދި ފަހުން ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. މިކަމާ ގުޅިގެން މަޢުމޫނު ވަނީ ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވާފައެވެ. މިހާތަނަށް އައިއިރު، ޖަލުގައި ހުންނެވި އެއްވެސް މީހަކު ގޭ ބަންދަށް ބަދަލުކުރުމުން ނުވަތަ ދޫކޮށްލުމުން މަޢުމޫނު ދުވަހަކުވެސް ޝުކުރު އަދާކުރައްވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ