ފުވައްމުލަކު އޮޕަރޭޝަންގައި 400 އުޅަނދު ބަލައި ފާސްކޮށްފިން: ޕޮލިސް

ފުވައްމުލަކުގައި ފުލުހުން ކުރިއަށް ގެންދާ ޓްރެފިކް އޮޕަރޭޝަންގައި 400 އަށް ވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފި އެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުވައްމުލަކުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފެށީ މިމަހުގެ އަށްވަނަ ދުވަހު އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި 400 އަށް ވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފައިވާއިރު ގަވައިދާ ހިލާފުވި 145 ފަރާތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ފުވައްމުލަކު ކުރިއަށް ގެންދާ ޓްރެފިކް އޮޕަރޭޝަނަކީ ފުވައްމުލަކުގައި ދުއްވާ އުޅަނދުތަކަކީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެ ގޮތުންނާއި ފުވައްމުލަކުގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގައި ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގައި ޗެކްޕޮއިންޓްތައް ގާއިމްކޮށް އުޅަނދުތަކުގެ އަހަރީ ފީ އާއި އިންޝުއަރެންސް ސްޓިކާއާއި ރޯޑްވާދިނަސް ސްޓިކާގެ އިތުރުން ޓްރެފިކްގެ އެހެނިހެން މައްސަލަތައް ބަލައި ޗެކްކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ