ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ އަރިހަށް މާފުށީ ޖަލަށް އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް މިއަދު ޒިޔާރަތް ކޮށްފިއެވެ.
ފާރިސްއާ ބައްދަލުކުރެއްވުމަށްފަހު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސްގެ ހާލުކޮޅު ރަނގަޅު ކަމަށާއި އޭނާ ހުރީ ވަރަށް ހިތްވަރާއެކު ކަމަށެވެ.
ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރި މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް އެ މައްސަލަ ބަލާ ބެންޗަށް ހައި ކޯޓުން ވަނީ ބަދަލު ގެނެސްފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ އަމުރަކާ ޚިލާފް ނިންމުމެއް ކަމަށް ބުނެ އެކަމަށް ފިޔަވަޅު އަޅަން ފާރިސްގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.
ހައިކޯޓުން ނިންމާފައި ވަނީ ފާރިސް އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ގޮތެއް ނިންމާނީ ބެންޗާއި މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން ކަމަށެވެ.
މެންބަރުންނަށް ރިޝްވަތު ދިނުމުގެ މައްސަލާގައި ފާރިސަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.
މައުމޫން ޖަލަށް ވަޑައިގެން ފާރިސް އާއި ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ