ރާބިޠަތުލް ޢާލަމިލް އިސްލާމީން ހޯދައިފައިވާ ކުރިއެރުންތަކަށް ރައީސް މައުމޫން ތައުރީފު ކުރައްވައިފި

14:30ރާބިޠަތުލް ޢާލަމިލް އިސްލާމީން ހޯދައިފައިވާ ކުރިއެރުންތަކަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ތައުރީފު ކުރައްވައިފި އެވެ.ސަޢޫދީ ޓީ.ވީ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ވަނީ ރާބިޠާގެ 50 އަހަރުގެ ތެރެއިން 25 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އެ ޖަމްޢިއްޔާގެ ތައުސީސީ މަޖިލީހުގެ ދާއިމީ މެންބަރެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވޭތުކުރައްވާފައިވާ ދުވަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި، އެ ޖަމްޢިއްޔާއަށް ލިބިފައިވާ ކުރިއެރުން ޚުދު އެމަނިކުފާނުގެ ތަޖުރިބާތަކުން ސިފަކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ރާބިޠާގެ މަސައްކަތުގައި ގިނަ ޒަމާންތަކެއް އުޅުއްވާފައިވާ ފަރާތެއްގެ ހައިސިއްޔަތުން، އެ ޖަމްޢިއްޔާއަށް ލިބިފައިވާ ކުރިއެރުމާއި ތަރައްޤީ އަމިއްލަ ލޯފުޅުން ދެކެވަޑައިގެންފައިވާ ކަމަށެވެ. އަދި، އިސްލާމް ދީނާ ގުޅޭ އެކިއެކި ދާއިރާތަކުން ރާބިޠާގެ ޚިދްމަތް މުޅި ޢަރަބި އަދި އިސްލާމީ ދުނިޔެއަށް ފޯރާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ