ތޫފާން ސޭންޑީގެ ސަބަބުން އެމެރިކާގެ ރިޔާސީ ކެމްޕޭނަށް ހުރަސް އެޅިއްޖެ
ފްލޮރިޑާ (އޮކްޓޯބަރު 28) - އަންނަ ނޮވެމްބަރު 6 ވަނަ ދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ރައީސް ބަރަކް އޮބާމާ އާއި ރިޕަބްލިކަން ޕާޓީގެ މިޓް ރޮމްނީގެ ރިޔާސީ ކެމްޕޭނަށް ތޫފާން ސޭންޑީގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ. ރައީސް އޮބާމާ މިއަދާއި މާދަމާ ކުރައްވަން ހަމަޖެހިފައިވާ ކެމްޕޭން ދަތުރުތައް، ތޫފާން ސޭންޑީއާ ގުޅިގެން، ވަނީ ރީޝެޑިއުލްކޮށްފަ އެވެ. ވާޖީނިއާ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ކެމްޕޭން ދަތުރެއް ރޮމްނީ ވެސް ވަނީ ކެންސަލް ކުރައްވައިފަ އެވެ. ވާޖީނިއާ އާއި ކޮލަރާޑޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮބާމާގެ ކެމްޕޭން ހަރަކާތްތައް މިހާރު ވަނީ ފަސްކޮށްފަ އެވެ. ނައިބް ރައީސް ޖޯ ބައިޑަން ވެސް ވާޖީނިއާ އަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް މިހާރު ވަނީ އެ ދަތުރު ކެންސަލްކޮށްފަ އެވެ. ސޭންޑީ ބެލެވިފައި ވަނީ ކެޓަގަރީ އެކެއްގެ ތޫފާނެއްގެ ގޮތުގަ އެވެ. އޮބާމާ އާއި ރޮމްނީގެ ކެމްޕޭން މެކުހަށް ޖަހާފައިވާ އިރު ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުން ދެ ބޭފުޅުން ވެސް ދަނީ ވަރަށް ގާތުން ވާދަކުރައްވަމުންނެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ