މިމަހު 29 ވަނަ ދުވަހު ބޭންކުތައް ހުޅުވާނެ

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ސަރުކާރު ބަންދު ކުރި ނަމަވެސް މިމަހުގެ 29 ވަނަ ދުވަހު ބޭންކުތައް ހުޅުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މިއަހަރުގެ އަޟްހާ އީދާއި މިނިވަންދުވަހާއި ގުޅިގެން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހާއި ހަމަޔަށް ސަރުކާރު ބަންދު ކުރުމަށް ވަނީ ނިންމާފަ އެވެ.
އެގޮތުން ބޭންކިން ހިދުމަތް ދެވޭނެ ގަޑިތަކަކީ ހެނދުނު 8:30 އިން 2:00 ކަމަށެވެ. އަދި މި ގަޑިތަކުގައި ސިޓީ އާއި ތަކެތި ބަލައިގަންނާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ