އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާގެ ހުކުމް މިއަދުު ހަވީރު 6:00ގައި އިއްވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ދައުލަތާއިއެކު ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދީބުގެ މައްޗަށް އިއްވި ހަތް ދައުުވާއަށް އޭނާ ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ.
އެ ދުވަހު ގާޒީ ހަސަން ސައީދު އަވަސް ނިޔާއިން މައްސަލަ ނުނިންމެވީ، އަދީބާއި ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އަދީބަށް ލިބޭ ޖުމްލަ 20 އަހަރުގެ ޖަލު ހުކުމް އެއަށް ވުރެ ކުޑަ ކުރެވޭތޯ ދައުލަތާއެކު މަޝްވަރާ ކުރަން އިތުރު ވަގުތަށް އަދީބުގެ ފަރާތުން އެދުމުންނެވެ. ނަމަވެސް، އަދީބަށް އިތުރު ލުޔެއް ދިނުމަށް އެއްބަހެއް ނުވެވުނެވެ.
އަދީބުގެ މައްޗަށް ކުރެވޭ ދައުވާތަކާއި އަދަބުތައް:
- ހިޔާނާތްތެރިވުމުގައި ބައިވެރިވުން: 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް
- ހިޔާނާތްތެރިވުމުގައި ބައިވެރިވުން: 2 އަހަރާއި 4 މަހާއި 26 ދުވަސް
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން: 6 މަސް ދުވަސް
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން: 1 މަހާއި 15 ދުވަސް
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުުން: 3 މަސް ދުވަސް
- މަނީ ލޯންޑަރިން: 5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށް ލުމާއެކު އެއްމިލިއަން ރުފިޔާއިން ޖޫރިމާނާ
- މަނީ ލޯންޑަރިން: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއެކު އެއްމިލިއަން ރުފިޔާއިން ޖޫރިމާނާ
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް އެންމެ ފުރަތަމަ 30އަށް ވުރެ ގިނަ ދައުވާ ކުރި އެވެ. ނަމަވެސް، ފަހުން އެ ދައުވާތައް އަނބުރާ ގެންދިޔައީ އެވެ.
ދައުލަތާއެކު ހެދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދީބު ގެންދަވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި އެހެން މީހުންގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ދެމުންނެވެ.
އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް، ހުކުމް އިއްވުން މިއަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ